ރާއްޖޭގައި ކޮވިޑް ޖެހިފައިވާ މީހުންގެ ތެރެއިން މިއަދު 229 މީހުން ކޮވިޑުން ރަނގަޅުވެ ފަރުވާ ދޭ މީހުންގެ އަދަދު 515 އަށް ދަށް ވެއްޖެއެވެ. މިއީ އެންމެ ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ރަނގަޅުވި ފުރަތަމަ ދުވަހެވެ.

މިއަދު ރަނގަޅުވި މީހުންނާއެކު މިހާރު ފަރުވާ ދެމުންދާ މީހުންގެ އަދަދު ބޮޑުތަނުން ދަށް ވެފައި ވާއިރު މިއަދު 30 މީހަކަށް ކޮވިޑް ޖެހިފައިވެސް ވެއެވެ.

މިއަދު ކޮވިޑަށް 30 މީހުން ޕޮޒިޓިވް ވެފައި ވާއިރު، މިހާރު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 2065 އަށް ވަނީ އަރާފައެވެ.

ރާއްޖޭގެ މިއަދުގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، ޕޮޒިޓިވް ވި 30 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 13 މީހެއްގެ އިތުރުން ނޭޕާލުގެ އެކަކެވެ.

މިއަދު ކޮވިޑުން ރަނގަޅުވި މީހުންގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނެއެވެ.