ލޮކްޑައުނަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގެ ތެރެއިން މާދަމާރެއިން ފެށިގެން ރޭގަނޑު 10 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ނުދެވޭނެ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފިއެވެ.

މިރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާދަމާއިން ފެށިގެން ރޭގަނޑު 10 އަކުން ފަތިހު ފަހެއް ޖެހުމާ ހަމައަށް މަގުމަތީގައި މީހުން އުޅުމަކީ މަނާކަމެއް ކަމަށެވެ. އެހެންވެ ރޭގަނޑު 10 ގެ ފަހުން ޑެލިވަރީގެ ހިދުމަތް ނުދެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިތުރަށް ތަފްސީލް ކޮށްދެއްވަމުން މަބްރޫކް ވިދާޅުވީ، ޑެލިވަރީ ހިދުމަތް ދިނުމުގައި ރެސްޓޯރަންޓް ކެފޭތަކާއި ވިޔަފާރި ހިދުމަތްދޭ ފަރާތްތަކުންވެސް ރޭގަނޑު 10 ގެ ފަހުން ޑެލިވަރީ ހިދުމަތް ދިނުމުގައި މަގުމަތީގައި ނޫޅެވޭނެ ކަމަށެވެ.

މީގެ ކުރިން ލޮކްޑައުނަށް ލުއި ދިނުމުގެ ގޮތުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ޖޫން 15 ގެ ފަހުން، ރޭގަނޑު 11 ޖަހަންދެން ފިހާރަތަކުން ވިޔަފާރި ކުރެވޭނެ ކަމަށާއި ރޭގަނޑު 11 ޖަހަންދެން ޑެލިވަރީ ކުރުމުގެ ހުއްދަ އޮންނާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މާލޭގެ މަގުމަތީގައި ހުއްދައަކާ ނުލާ އުލޭވޏޭ ވަގުތަކީ ފަތިގު 5:00 އިން ފެށީގެން ރޭގަނޑު 10:00 އަށެވެ. އަދި މިވަގުތު ތަކުގައި މަގުމަތީގައި އުޅޭ ފަރާތްތަކުން މާސްކ އަލާއިގެން އުޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.