އެސްޓީއޯގެ ރީޓެއިލް ފިހާރަތައް މިއަދުވެސް ހުޅުވާ ގޮތަށް އެ ކުންފުނިން ހަމަަޖައްސައިފިއެވެ.

އެސްޓީއޯއިން ބުނީ، އެ ކުންފުނީގެ ރީޓެއިލް ފިހާރަތައް ހުކުރު ދުވަހުގެ ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:00 އާ ދެމެދު ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. ހަމައެއާއެކު ކުރިއެކޭ އެއްގޮތަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ސުޕާމާތް ހުލޫވާފަ ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން އެސްޓީއޯގެ ހޯލްސޭލް ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެސްޓީއޯ އިން ބުނީ ވިޔަފާރީ ކުރަން ދިއުމުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި ހެލްތް ޕްރޮޓެކްޝަނާއި ސިއްހީ މާހިރުން ދޭ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާ އެކު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ގަތުމަށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް އެސްޓީއޯއިން ހުޅުވާލި އޮންލައިން ކޮށް މުދާ ގަނެވޭ އީސްޓޯރުން ރީޓެއިލް ކޮށް މުދާ ވިއްކުން މަޑުޖައްސާލައި ހޯލްސޭލް ކުރަން ނިންމައިފައި ވަނީ މިދިޔަ މަހުގެ 9 ވަނަ ދުވަހެވެ. އަދި މި ދިޔަ މަހުގެ 31 ވަނަ ދުވަހު އެ ކުްނފުންިން ވަނީ ހޯލް ސޭލް ސެންޓަރެއް ހުޅުވާލާފައެވެ.