ހުއްދައާ ނުލާ 15 ޖޫންއިން ފެށިގެން ބޭރުގައި އުޅެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދައެއް ނެތި މާލޭގެ މަގުތަކަށް ނިކުތުމުގެ ހުއްދަ އާއްމުންނަށް ދޭނެ ކަމަށެވެ.

ލޮކްޑައުން އަށް ލުއި ދިނުމުގެ ތެރެއިން ހުއްދަ ދޭއިރު އެކިކަންކަމަށް ތަފާތު ވަގުތުތައް ކަނޑައަޅާފައިވާ ކަމަށާއި، އެގޮތުން ދުވުމާއި ކަސްރަތު ކުރުމަށް ދެވޭނީ ހަވީރު 6:00 އިން ރޭގަނޑު 9:00 އާ ދެމެދުއެވެ. އަދި ކުޑަކުދިންނަށް ބޭރުގައި އުޅެވޭނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި އުޅެވޭނީ ފަތިހު 5:00 އިން ހެނދުނު 8:00 އަށެވެ.

ހުއްދައާ ނުލާ 15 ޖޫން އިން ފެށިގެން ބޭރުގައި އުޅެވޭއިރު، ރޭގަނޑު 11 ޖަހަންދެން ފިހާރަތަކުން ވިޔަފާރި ކުރެވޭނެއެވެ. އަދި ހަމަ އެހެންމެ ކޮވިޑް ގެ އަސަރެއް ނެތް އެއްރަށުން އަނެއް ރަކަށް ދަތުރު ކުރުމުގައިވެސް ހުރަހެއް ނެތެވެ.

ފުރަބަންދަށް ދެވޭ އިތުރު ލުއިތަކުގެ ތެރޭގައި ކެފޭ ރެސްޓޯރަންޓުތަކުގައި ގައިދުރުކަމާއެކު ހިދުމަތް ދެވޭނެއެވެ. އަދި ކްލިނިކްތަކާއި ހޮސްޕިޓަލްތައްވެސް އާންމުކޮށް ހުޅުވާލާނެއެވެ.