ލޮކްޑައުންއަށް ލުއި ދިނުމުގެ ގޮތުން ކަސްރަތު ކުރުމަށް ބޭރަށް ނިކުތުމުގެ ހުއްދަ ދީފިއެވެ.

މިކަން އިއުލާން ކުރީ ލޮކްޑައުންއަށްދޭ ލުއިތައް އިއުލާން ކުރުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކަސްރަތު ކުރުމަށް ހުޅުވާލާފައި ވާއިރު، ޖޮގިން އަށާއި ފެތުމަށް ބޭރަށް ދެވޭނެއެވެ. ނަމަވެސް 3 މީހުންނަށް ވުރެ ގިނަ ނުވާނެހެން ކަސްރަތު ކުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދިއުމަށް ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓާ އައިމިނަތު ޝައިނާ އަބްދުﷲ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޝައިނާ ވިދާޅުވީ ދުވަން ދާ ފަރާތްތަކަށް އިރު އޮއްސި 6 އިން ފެށިގެން 9 އަކަށް ދުވަން ދެވޭނެއެވެ.

ޖިމްތަކަށް ގޮސް ހިދުމަތް ހޯދުމަށް ޖިމްތައް ހުޅުވާލާނީ އަންނަ މަހު ކަމަށް ޝައިނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގައިދުރު ނުކުރެވޭނެ ފަދަ ކުޅިވަރާއި ކަސްރަތު ކުރުމަށް ހުޅުވާލާނީ އަންނަ މަހު ކަމަށެވެ.

އެޗްޕީއޭއިން ބުނީ ޖޫން 15، 2020 ގައި މާލެ ސަރަހައްދު އާންމުކޮށް ހުޅުވާ އިރު ފާހެއް ނެތި ހަރަލާތްތެރިވެ އުޅެނޭނެ ކަމަށެވެ. އަދި އެގޮތުން ފާހެއް ނެތި ފަތިހު 5 އިން ފެށިގެން ރޭގަނޑު 10 އަށް އުޅެވޭނެއެވެ.

މީގެ އިތުރުން މީގެ ދެ ހަފްތާ ކުރިން އިއުލާނު ކުރި ފަދައިން ކަސްތަރުކުރުމާއި އެކިއެކި ކަންކަމުގައި އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5 އިން ހެނދުނު 8 އަށް އުޅެވޭނެއެވެ.