ދިރާގުގެ ހުރިހާ ހިދުމަތެއް އެއްތަނަކުން ލިބޭ "މައިއެކައުންޓް" ހިދުމަތް ހޯދުމަށް ދިރާގުން އެދެފިއެވެ.

ދިރާގުން ބުނީ މި ދުވަސްވަރަކީ ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ދުވަސްކޮޅެއް ކަމުގައި ވުމުން ގޭގައި ތިބެގެން އޮންލައިންކޮށް ދިރާގުގެ ހުރިހާ ހިދުމަތްތައް ބެލެހެއްޓުމަށް ނުވަތަ މެނޭޖުކުރުމަށް ދިރާގު ވެބްސައިޓުގައިވާ "މައިއެކައުންޓް" އަކީ ދިރާގު ކަސްޓަމަރުންނަށް ވަރަށް މުހިންމު އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ފަރުމާކޮށްފައިވާ ހިދުމަތެއް ކަމަށެވެ.

އެގޮތުން ގޭގެ އިންޓަނެޓް ޕެކޭޖް ބަދަލުކޮށް، މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖްގެ ތަފުސީލު ބަލާލައި، ބިލް ދައްކާ އަދި ދިރާގުގެ އެކި އެކި ޚިދުމަތަތަކަށް އެދުމަށް، ކަސްޓަމާ ކެއާ ސެންޓަރު ތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިން ކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް މައިއެކައުންޓް ލިބިގެން ދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގު މައި އެކައުންޓް މެދުވެރިކޮށް ކުރެވޭ ކަންތައްތައް:

  • ބިލް ދެއްކުން
  • މޮބައިލް އަދި ފިކްސްޑް ބްރޯޑްބެނޭޑް ޔޫސޭޖް ބަލާލުން
  • ހިދުމަތްތަކަށް އެޕްލައިކުރުން ނުވަތަ ހުށައެޅުން
  • ޕްރީޕެއިޑް ރިޗާރޖް
  • ބިލުގެ ޖުމްލަ އައިސްފައިވާ ގޮތުގެ ތަފްސީލު
  • ދިރާގު ޕޭ ކޭޝް އިން

ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރު ކޮށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.

ދިރާގަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީ އާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކާ އެއް ބާރުމިނެއްގައި ކުރިއަރަމުން އަންނަ ރާއްޖޭގެ ޑިޖިޓަލް ލީޑަރެވެ. ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.