ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދާއި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ނުހޯދެނީސް އެ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ހިންގާ މައިޕާޓީ އެމްޑީޕީގެ ޒުވާނުންނާއި އޮންލައިންކޮށް ބައްދަލުކުރައްވާ ޒުވާނަކު ކުރި ސުވާލަކަށް ޖަވާބު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ އެ މަސައްކަތް މަޖިލިސް ތެރެއިން ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށެވެ. އެގޮތުން މިހާރު އެ މަސައްކަތް ކުރިޔަށް ދަނީ ސަލާމަތީ ހިދުމަތްތަކާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީއާ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އެކުވެގެންކަން ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށާއި އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައިވެސް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި މަރުތަކުގެ ތަހުގީގާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ އެއްގޮތަކަށްވެސް އެ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށާއި އެކަމުގެ އެންމެ އަޑީގައި ތިބި މީހުން ހޯއްދަވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ނަޝީދުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ މިއަދު ދެ ކޮމެޓީއެއް އެއްކޮށް އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ސަބް ކޮމެޓީއެއް ނެގުމަށްފަހު އެ މައްސަލަ މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ނިންމުމަށް ކަނޑައަޅާފައިވާ ކަމަށާއި ބަލަމުން ދަނީ މަރުތަކުގެ މައްސަލައާ އެމްއެމްޕީއާރްސީ މައްސަލަ އެއްކޮށް ކަމަށެވެ.
ހަސަން ލަތީފު ވިދާޅުވީ މާދަމާ ފުލުހުންނާއި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކޮމެޓީން ސިޓީ ފޮނުވާނެ ކަމަށެވެ. އަދި މިހާ ދުވަސް ވެގެން ދިޔައިރު ވެސް ތަހުގީގުތައް ނުނިމިވާ ސަބަބުތައް އޮޅުން ފިލުއްވާނެ ކަމަށާއި މިވަގުތު އެންމެ މުހިއްމީ އެކަން [ތަހުގީގުތައް ނުނިމުވާ ސަބަބު] ބެލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ވެރިކަމުގެ ހުވާ ކުރެއްވި ދުވަހު ރައީސް ސޯލިހު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދާފައެވެ. ގާނޫނީ ގޮތުން ބާރުވެރިކަން ދީފައިވާ އެ ކޮމިޝަނުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ޖިހާދީ ފިކުރުގެ ޖަމާއަތެއް ހިންގާ ކަމުގެ ތުހުމަތު އޮތް މާލެ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އަދި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދުގެ މައްޗަށް ދައުވާ ކުރުމަށް ޑިސެމްބަރު 3، 2019 ގައި ޕީޖީ އޮފީހަށް ފޮނުވިއެވެ.
ބޮޑު 3 މަރުގެ ގޮތުގައި ރާއްޖޭގައި މި ފަހުން ބަލަމުން އަންނަ 3 މަރުގެ ތަހުގީގު ރިޕޯޓުވެސް އޮތީ އާންމު ކޮށްފައެވެ. އަދި އެ ރިޕޯޓުގައި އެ މަރުތަކުގެ "ފަހަތުގައި ތިބި ކަމަށް ބުނާ މީހުން" ގެ ވާހަކަވެސް އޮތްކަން ފާހަގަ ކުރެވެއެވެ.
މި މައްސަލަތަކުގައި ބައެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވާއިރު މަޖިލީހުން އިތުރަށް ތަހުގީގު ކުރަނީ އެ 3 މަރާ ގުޅޭ ކޮންކޮން ކަންކަމެއް ކަމެއް އަދި ސާފެއް ނުވެއެެވެ.
މި ކީކޭ ކިޔާ *ބތ*އެއްތަ...ދެން ދެބަންދިހާރުން ގަބޫލު ކުރާނެ..
ނަޝީދު ބުނެފިއްޔާ މި އެމްޑީޕީ ބައިގަނޑު ގަބޫލު ކުރާނެ މި ދުވާލޭ ބުންޏަސް. ބަލަ އެ ތަހުގީގު ނިމި އެކަމަށް ފަންޑު ކުރި މީހުންވެސް ހާމަކޮށް ރިޕޯޓުވެސް ނެރެ، މަޖިލީހުގެ ތަޅުމުގައި އެވާހަކަ ގޮވާ އެ މީހުން ފަޟީހަތް ކުރ ހަނދާންވެސް ނެތުނީ. ގައިމު ހޭ ޖެހޭ އެމްޑީޕީންނަށް އެނގޭނެ އެކަން. ދެން މިރޭ ހަމަ ނަޝީދު އެހެން ބުނާ އިރަށް މިއޮތީ ބޮޑު ހަބަރު ހަދާފަ. މި އެމްޑީޕީ ނޫހެއްތަ؟
ޙާދަހާ އަސަރުކުރެޔޭދޯ.
ސާބަރޭ އަހަރެމެންގެ ރައީސް
މީހަކު އަޅެ ހޭބއްޔެއް ނުވާނެތާ މި ނަޝީދާ ހެދި. މީނާ މަޖިލީހުގަ ލީކްކޮށްލި ރިޕޯޓޭ އެއީ، މިހާރު އެ ކިޔަނީ ފަޅޮލޭ، ބަނބުކޭލޭ
އެ މައްސަލައިގައި ސޫދު މެޑަލް ޖަހަންވެގެން ކޮންމެވެސް ބައެއްގެ ނަންތަކެއް ލިޔެފަ ރިޕޯޓު ނެރުނީ. އަސްލެއް ނުހޯދޭ. ދެން އޭގެ މައްޗަށް ބަލައިގެން ޔާމީނު ރަޝީދުގެ މައްސަލައިގެ ޝަރީއަތް ހިނގަމުން ދަނީ. އެހެން ވީމައި ނަޝީދު އެ ބުނަނީ އެ ތަހުގީގު ކުރާނަމޭ. އެމީހުން ހޯދާނަމޭ. އެކަން ކުރަން އަމުރު ކުރި މީހުން.
ތި ނަޝީދު ދެބޯގެރި ދުއްވަން ދައްކާ ވާހަކަ. ތަހުގީގުކޮށް ރިޕޯޓު އާންމުކޮށްފަ އޮތް ކަމެއް ތީ، ދައުވާވެސް ކޮށްފި. ޝަރީއަތް ދަނީ ހިނގަމުން އެކަކުގެ.