ރާއްޖެއިން އިތުރު 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެ، ބަލި ޖެހުނު މީހުންގެ ތެރެއިން 98 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.
އެޗްޕީއޭން ހާމަކޮށްފައިވާ ގޮތުގައި މިއަދު ޕޮޒިޓިވް ވެފައިވަނީ 18 މީހުންނެވެ. ހަތް ދިވެއްސަކާއި ބަންގްލަދޭޝް ފަސް މީހުންގެ އިތުރުން އިންޑޮނޭޝިއާ މީހަކެވެ. މިއާއިއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 1916 އަށް ވަނީ އަރާފައި ވާއިރު އިންޑޮނޭޝިއާ މީހަކު ރާއްޖޭގައި ޕޮޒޮޓިވް ވި މިއީ ފުރަތަމަ ފަހަރެވެ.
އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 98 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. މިއާއިއެކު ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލި ޖެހި ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 925 އަށް އަރާފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 8 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނަކާއި 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 89 އަހަރުގެ ދިވެހި އަންހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި އެންމެ ކުޑަ ކުއްޖަކީ 11 ދުވަހުގެ ތުއްތު ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ކޭސް ނަންބަރަކީ 1464 އެވެ. އަދި އެންމެ އުމުރުން ދުވަސްވީ މީހަކީ 92 އަހަރުގެ އަންހެނެކެވެ. އޭނާގެ ކޭސް ނަންބަރަކީ 1547 އެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށް ނިންމާފައެވެ. ކުރިއަށް އޮތްތާވެސް ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ތަކެއް ދިނުމަށް ނިންމާފައިވީ ނަމަވެސް ލޮކްޑައުންގެ މުއްދަތު ވަނީ ދަންމާފައެވެ.
ދަޕް ރެސް ކުދިން އަހާބަލަ މަބޫރޫކް ބޭބެ ކައިރީ ކިހިނެއްތޯ އިނގެނީ ބަލިން ރަގަޅުވީ ކިތައްމީހުންކަން .. ރަގަޅުވިތޯ ޓެސްޓް ނަހަދާއިރު .. ޕްލީޒް މިސުވާލު ކޮއްލަބަ .. މިހާރުގެ ގަވާއިދުގަ ބަލި ޖެހިފަ މުއްދަތު ހަމަވީމަ ދޫކޮއްލަނީ ރަގަޅުވި ތޯވެސް ނުބަލާ ސޯ ކިހިނެއް އިންގޭނީ ރަގަޅުވި މީހުންގެ އަދަދު