ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ކިބައިން އަލާމާތް ނުފެނި 3 ދުވަސްވުމުން، އިތުރު ޓެސްޓުތަކެއް ނުކޮށް ދޫކޮށްލަން ނިންމައިފިއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒުލާ މުސްތަފާ ލުތުފީ ވިދާޅުވީ، ޕޮޒިޓިވް މީހުންނާ މެދު ރާއްޖެއިން ކަން ކުރަމުން އައި ގޮތް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ހާލު ސީރިއަސްނުވެ އާދައިގެ ރޯގާގައި ކޮވިޑް-19 ޕޮޒިޓިވް މީހުން އައިސޮލޭޝަން ފެސިލިޓީތަކުން ދޫކޮށްލާނީ އެމީހަކު ޕޮޒިޓިވްވާތާ 14 ދުވަސް ފަހުން ކަމަށެވެ. އަދި އަލާމާތްތައް ފެންނަ މީހެއް ނަމަ އޭނާގެ ކިބަިއން އަލާމާތް ނުފެނި 3 ދުވަސް ވުމުން އޭނާ ދޫކޮށްލާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި މީހުން ދޫކޮށްލާއިރު އިތުރު ޕީސީއާރް ޓެސްޓެއް ނުހަދާނެ ކަމަށެވެ.
ހާލު ސީރިއަސްވާ މީހުން ހޮސްޕިޓަލުން ދޫކުރާނީ މަދުވެގެން 21 ދުވަސް ފަހުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ބަދަލު ގެނައި ކަމުގައިވީ ނަމަވެސް ދިފާއީ ނިޒާމު ބަލިކަށި ފަރާތްތަކުގެ ޕީސީއާރް ޓެސްޓު އަދިވެސް ހަދާނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވާ މީހުން 4-5 ހަފްތާ ފަހުން ޕީސީއާރް ޓެސްޓު ހެއްދި ކަމުގައި ވިޔަސް ޕޮޒިޓިވް ކަމަށް ދައްކާ ކަމަށެވެ. އަދި ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ޕީސީއާރް ޕޮޒިޓިވްވުމަކީ އެކަކު ގައިން އަނެކަކު ގަޔަށް ވައިރަސް އަރާނެ ކަމަށް ބެލެވޭ ކަމެއް ނޫން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ފަހުގެ ދިރާސާތަކާ ހަވާލާދީ ޑރ. ނަޒްލާ ވިދާޅުވީ އާދައިގެ ރޯގާ ޖެހޭ މީހަކު 9 ދުވަސް ތެރޭގައި ރަނގަޅުވާނެ ކަމަށެވެ. އަދި ބޮޑަށް ބަލިވާ މީހުން 21 ދުވަސް ފަހުން ރަނގަޅުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފާތިމަތު މުސްތަފާ އެއް ނޫން. އެއީ ޑރ ނަޒްލާ މުސްތަފާ
ރަނގަޅު. އޭރަށް ބަނޑުއަޅާލަން ފުރުސަތުތައް ފަހިވާނެ.
ގޮތް ހުސްވެ ޓެސްހަދާނެ ކިޓުނެތި މެޝިނު ހަލާކުވެ ކަތިވަޅި ގެއްލި މަރިޔަބު ގެއްލުނީމަ ތިކަހަލަ ވާހަކެ ދެންދައްކާނީ. މި ހުރިހާދުވަހު ތުކުރެވުނީ ބޭކާރު ކަމެއް. މާރަނގަޅުވާނެ ލޮކްޑައުން އުވާލާ މަހައްދިޔައިޔާ. ދެ ފަހަރު ދައްކާވާހަކައެއް ދިމާވަނީކީނޫން. އާދައިގެ ރޯގާއެކޭ ކިޔާމިކަން ނިންމަންވީނު. ގައުމަށް ލާރި ފޮއްޗެއްނުވަދެ ގައުމު ވެންޓިލޭޓަރަށް ދިޔައީ ދޯ. ދެންވެސް ބުނޭ ފައިސާއެއްނޫނޭ ރައްޔިތުނޭ މުހިންމީ. ލަދުން ބޯހަލާކު