ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ތެރޭގައި މިހާ ސްޓްރިކްޓް ލޮކްޑައުންނެއް ދައްމާލުމުގެ ހުއްޖަތެއް އޮތް ކަމަށް ނުފެންނަ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޖަމީލް ވިދާޅުވީ، ރައްޔިތުން މަޖިލީހުގައި މި މަހުގެ އެއްވަނަ ދުވަހުގެރޭ ހިނގި ހަމަނުޖެހުމުގައި އެޗްޕީއޭއިން އަންގާފައިވާ ގޮތާ މަޖިލީހުގެ މެންބަރުންތައް ހިލާފްވެވަޑައިގަތް ކަމަށެވެ. މީގެ އިތުރުން ސަރުކާރު ހިންގަމުންދާ މައި ޕާޓީ އެމްޑީޕީގެ ބައެއް ޕާޓީ ޖަލްސާތައް ވެސް ކުރިއަށް ގެންދާ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު ލޮކްޑައުންގެ މުއްދަތް މިހާ ދިގުދެމިގެން ދާއިރު ރައްޔިތުންނަށް މިކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ. ގޭގައި ތިބެ މަސައްކަތް ނުކުރެވި އާމްދަނީ ނުލިބި ކުލި ނުދެއްކި ހާލުގައި ޖެހިފައިވާ އެތައް އާއިލާއެއް ތިބި ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ. އެހެންކަމުން ރައްޔިތުން މަޖިލީހުގެ މެންބަރުން އެޗްޕީއޭގެ އުސޫލުތަކަށް އަމަލު ނުކުރާއިރު ރައްޔިތުންނަށް މިހާ ސްޓްރިކްޓް ލޮކްޑައުންނެއް ދައްމާލުމުގެ ހުއްޖަތެއް އޮތް ކަމަށް ނުފެންނަ ކަމަށް ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްވެސް ހުއްޓި އެ ފަރާތްތަކުގެ ވިޔަފާރިތަކަށް އިއާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާ ކަން އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އާންމު ހާލަތަށް ރުޖޫއަވުމަށް މަސައްކަތް ކުރާ ކަމަށާއި ރާއްޖެއިން އެކަން ނުކުރަނީ ކީއްވެތޯ އައްސަވާ ޖަމީލު ސުވާލު ކުރެއްވިއެވެ. ލޮކްޑައުން ދިގު ނުދައްމާ އާންމު ދިރިއުޅުމަށް ރުޖޫއަ ވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި އާންމު ރައްޔިތުންގެ ދިރިއުޅުން ކޮޅްށް ޖަހަން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ލޮކްޑައުން އިތުރަށް ދިގު ދަންމާނަމަ ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު ޖަމީލް ކުރެއްވި ޓްވީޓުގައި ވެސް ވަނީ ލޮކްޑައުންގެ ހުއްޖަތެއް ނެތް ކަމަށް ވިދާޅުވެފައެވެ. އެ ޓްވީޓުގައި ޖަމީލް ވިދާޅުވީ، މިހާރު އޮތް ހާލަތުން އާންމު ހާލަތަށް ދިރިއުޅުން ރުޖޫއަކުރުމަށް ވަޒީރުން އަމިއްލައަށް މޮޅު ހޯއްދަވަން މަސައްކަތް ނުކުރެއްވުމަށާއި ވެވޭ އިހުމާލުތައް ކުޑަކުރެއްވުމަށް ގޮވާލައްވާފައެވެ.
ލޮކްޑައުންގެ ކަންތައް ދިގުދައްމައިގެން އުޅެނީ ރައްޔިތުންނަށް މުސީބާތެއް ޖައްސައިގެން އުދަގޫތަކެއް ކުރިމަތިކުރުވަން. އަދިވެސް އެޖެންޑާ 19 އިން ބައިއަތު އަޅަންޖެހޭ މީހުންނަށް ފައިސާ ރައްޔިތުން ޖުރިމާނާކޮށްގެން އަތުލަން ވެގެން. ނާޤާބިލް ސަރުކާރުން މުޅިންވެސް ކުރަނީ ދިވްޅިއެއްނުވާ ކަންތައް. ދައްކާވާހަކައަކާ ޢަމަލާ ދިމާނުވޭ! ފެންނަނީ ރައްޔިތުންނަށް ބިރުދައްކާތަން. އެޗްޕީއޭއިން އެކިވައްތަރުގެ ވާހަކަދައްކައިގެން މީހުން ދިރިއުޅެން ކުރަމުން އައިމަސައްކަތް ހުއްޓުވާފަ ބިކަޙާލުހައި ޖައްސައިފި. ރައީސް މިއިންނަވަނީ ކެނެރީގެ ނަޝީދަށް ބިރުން ފިއްލަވައިގެން.
މި ދެން ކާކު އަނގަ ހާވަން
ޖަމިލުގެ ތި ކުރު ވާހަކައައް ބުނަން އޮތީ ގައުމުގައި ސަރުކާރުން ކުރަމުންދާ ކަންތައްތައް ޖަމީލައް ނޭނގޭކަން ނޫނީ އެނގެން ބޭނުންނުވަކަން. އަދި ޖަމިލުގެ މަގުސަދަކީ ނޫސްތަކުގެ ސުރުހީން ޖާގަހޯދުން
ދެން ބޮޑިބަތް ކައްކާގެން ބަހަން ނުކުމެބަލަ
ޔޫކޭގައި ގިނަދުވަސްތަކެއްވަންދެން ފިލާހުރުމުގެ ސަބަބުން ޖަމީލުގެ ބުއްދިވަނީ ގޯސްވެފަ. ޙުއްޖަތޭ ބޮނޑިބަތޭ ކިއަސް މިހާރު މީހުން ބަލައެއްނުގަނޭ. މިރާއްޖޭގަ ޖަމީލު ނޫޅޭ ޕާޓީއެއް ނެތް.ދެން ކިނބިހިއްޏެއް ކަތިލާފަ ލަވަޕާޓީއާ ގުޅިވަޑައިގަންނަވާ.