ދިރާގުން "ދިރާގުޕްލޭ"ގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިން މޮބައިލް އެޕްލިކޭޝަންގައި އަލަށް ފަސް ފީޗާއެއް ތައާރަފު ކޮށްފިއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިރާގުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ މުނިފޫހިފިލުމުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް މުއްސަދިކުރުމަށް ކަމަށެވެ. އެގޮތުން ހަބަރު، ކުޅިވަރު އަދި ލައިފްސްޓައިލް ކޮންޓެންޓް ފަސޭހަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މޮބައިލް ފޯނުންނާއި މޮބައިލް ޑިވައިސްތަކުން އޮންލައިންކޮށް ޓީވީ އަދި މުނިފޫހިފިލުވުމުގެ ތަފާތު ކޮންޓެންޓް ސްޓްރީމް ކުރުމަކީ މިހާރު މުނިފޫހިފުލުވުމަށް އެންމެ ގިނަ މީހުން ކޮށްއުޅޭ ކަންތައްކަން ޔަގީނެވެ. ވަކިން ހާއްސަކޮށް މިހާރު، ގޭގައި ހުންނަން ޖެހިފައިވުމުގެ ސަބަބުން މިފަދަ ހިދުމަތްތަކުގެ ބޭނުން ވަނީ ވަރަށް ބޮޑަށް ޖެހިފައިއެވެ.

ދިރާގުން "ދިރާގު ޕްލޭ" ގެ ނަމުގައި މޮބައިލް ޑިވައިސްތަކުން ލައިވް ޓީވީ، އަދި ވީޑިއޯ އޮން ޑިމާންޑްގެ ތަފާތު ގިނަ ކޮންޓެންޓް ބަލާލެވޭފަދަ ތައާރަފުކޮށްފައިވާ އެ ޕްލޭ އެޕަކީ ހަމައެކަނި ލައިވް ޓީވީ ބަލާލެވޭ އެޕްލިކޭޝަނެއް ނޫނެވެ. މި އެޕުން ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑް ވެސް ކޮށްލެވެއެވެ. އަދި ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް އެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެއެވެ. ހަމައެއާއެކު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާ އިރު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލާލެވޭނެއެވެ.

ދިރާގު ޕްލޭގައި ހިމެނޭ ތަފާތު ފަސް ފީޗާ އެއް ހިމެނެއެވެ.

1. ލައިވް ޓީވީ ރިކޯޑިންގް:

މިހާރު ޓީވީ ތަކުން ފޮނުވާ ޕްރޮގުރާމެއް ނޫނީ ޝޯ އެއް ދައްކާވަގުތު ބިޒީ ވެގެން އެ ޕްރޮގުރާމެއް ނުބެލި ހުންނާކަށް ނުޖެހޭނެއެވެ. ދިރާގު ޕްލޭގެ ރިކޯޑިންގ ފީޗާ އިން ކުރީބައިގައި ޕްރޮގުރާމްތައް ރިކޯޑް ކުރުމަށް ޝެޑިއުލް ކުރެވޭނެއެވެ. އަދި ހަމައެހެންމެ ޕްރޮގުރާމެއް ދައްކަމުންދާ ވަގުތުވެސް ރިކޯޑް ކުރަން ޖައްސާލެވޭނެއެވެ.

2. އަލުން ލައިވް ޓީވީ ރީސްޓަރޓް ކޮށްލެވުން:

ވަރަށް ގިނަ ފަހަރު ޓީވީ ހުޅެވެނީ މުހިންމު ޕްރެސް ކޮންފަރެންސެއް ނުވަތަ ހަބަރު ގަޑިއެއްގެ މެދުތެރެއިންނެވެ. ދިރާގު ޕްލޭ ގެ "ރީސްޓަރޓް" ފީޗަރ އަކީ މިކަމަށް އޮތް ވަރަށް ބޮޑު ލުއިފަސޭހައެކެވެ. މި ފީޗާ މެދުވެރިކޮށް މިހާރު ބަލަމުން ގެންދާ ޕްރޮގުރާމެއް އަންނަމުން ދާއިރު އަލުން އެ ޕްރޮގުރާމެއް އަލުން ފަށައިގެން ބަލާލެވޭނެއެވެ.

3. އެއް ޑިވައިސް އަށް ވުރެ ގިނަ ޑިވައިސް އިން އެއްފަހަރާ ބޭނުނެކުރެވުން:

ގޭގަ ޓީވީއިން ޓީވީ ބަލާއިރު އެންމެ ގިނައިން ޖެހޭ އެއް މައްސަލައަކީ ގޭގެ އެންމެން އެއްފަރާ އެއް ޕްރޮގުރާމެއް ނުވަތަ ޝޯ އެއް ޓީވީއިން ބެލުމަށް އެއްގަލަކަށް ނާރާ މައްސަލައެވެ. މީގެ ހައްލަކީ ދިރާގު ޕްލޭ އެޕެވެ. މި އެޕް މެދުވެރިކޮށް ލައިވް ޓީވީ އަދި ދިރާގު ޓީވީގެ ވީއޯޑީ ކޮންޓެންޓް 3 ޑިވައިސް އިން އެއްފަހަރާ ބަލާލެވޭނެއެވެ. އެހެންކަމުން، ކޮއްކޮ ޓެލިކްލާސްގައި ކިޔަވަން އިނަސް، ނޫނީ މަންމަ ޓީވީއިން ހަބަރު އަޅުވާފަ ހުއްޓަސް މޮބައިލް ފޯނުން ފަސޭހަކަމާއެކު ބޭނުންވާ ޝޯ އެއް ބަލާލެވެނެއެވެ.

4. ދިރާގު ވީޑިއޯ އޮން ޑިމާނޑް

ދިރާގު ވީޑިއޯ އޮން ޑިމާންޑް (ވީ. އޯ. ޑީ) ގެ ކޮންޓެންޓް ވެސް ދިރާގު ޕްލޭ އެޕުން ބަލާލެވޭނެއެވެ. ދިރާގު ވީއޯޑީ އަކީ މުނިފޫހިފިލުމުވުމަށް ފިލްމާއި ސީރީޒް އިން ފެށިގެން ގޮސް ތުއްތުކުދިންނަށާއި ސްކޫލް ކުދިންނަށް މުހިންމު މައުލޫމާތު ހިމެނޭ ހާއްސަ ޝޯ ތަކާއި ޕްރޮގުރާމްތައް އެކުލެވިގެންވާ ބައެކެވެ. އެގޮތުން، އޯލެވެލް އާއި އޭލެވެލްގައި ކިޔަވާ ކުދިންނަށް މުހިންމު ފިލާވަޅުތަކެއް ހިމެނޭ "އެޑިއު ޒޯން" ގެ ކޮންޓެންޓްވެސް ދިރާގު ޕްލޭ އެޕުން ބަލާލެވޭނެއެވެ.

ދިރާގު ވީޑިއޯ އޮން ޑިމާނޑް

5. ޓީވީ ޕްރޮގުރާމް ގައިޑް އަދި ކެޗްއަޕް

މި އެޕް މެދުވެރިކޮށް ޗެނަލްތަކުގެ ޕްރޮގްރާމް ގައިޑް ފަސޭހައިން ބަލާލެވޭނެއެވެ. އެގޮތުން ކުރިން ދައްކާފައިވާ ޕްރޮގުރާމްތަކަކީ ކޮބައިކަމާއި ކުރިއަށް އޮތް ދުވަސްތަކުގައި ދައްކަން ހަމަޖެހިފައިވާ ޕްރޮގުރާމްތަށް ވެސް ބަލޭލެވޭނެއެވެ. އަދި ހަމަ އެހެންމެ، މީގައި ހިމެނޭ ކެޗްއަޕް ފީޗާ އިން ހަދާންނެތިގެން ބޭނުންވާ ޕްރޮގުރާމެއް ބަލާނުލެވިއްޖެ ނުވަތަ ރިކޯޑް ކޮށް ނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމެއް ބަލާލެވޭނެއެވެ. ކެޗްއަޕް ފީޗާ މިވަގުތު އެކުލެވިގެންވަނީ ބައެއް ޗެނަލްތަކުގައިއެވެ.

ދިރާގު ޕްލޭ މިހާރު ހުޅުވާލާފައިވަނީ ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެކަންޔެވެ. ޕެކޭޖް ސަބްސްކްރިޕްޝަނަކާއެކު ބޭނުން ކުރެވޭ އެ އެޕްގައި އިންޓްރޮޑަކްޓަރީ އޮފާ އެއްގެ ގޮތުން "ޕްލޭ" ޕެކޭޖް މުޅިން ހިލޭ އެއް މަސްދުވަހަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އެ ޕްކޭޖް ހިލޭ އެކްޓިވޭޓް ކުރެވޭނީ މިމަހުގެ 15ގެ ނިޔަލަށެވެ. އެއަށް ފަހު ކަސްޓަމަރުންނަށް އެ ޕެކޭޖް މަހަކު އެންމެ 30 ރުފިޔާއަށް ބޭނުންކުރެވޭނެއެވެ. ޕެކޭޖްގެ ވެލިޑިޓީއަކީ އެކްޓީވޭޓް ކުރާތާ 30 ދުވަހެވެ.

އެ ޕްކޭޖްގައި ކަސްޓަމަރުންނަށް މިހާރުވެސް 23 ޗެނަލް ބަލާލެވޭނެވެ. އަދި ދިރާގުން ދަނީ ދިރާގު ޕްލޭ އަށް އިތުރު ކޮންޓެންޓް އާއި ޗެނަލްތައް ހިމެނުމުގެ މަސައްކަތް ކުރަމުންނެވެ. ދިރާގުޕްލޭ މިހާރުވެސް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކޮށްލެވޭނެއެވެ.