ކޮވިޑް ނޫން ބަލިމީހުންނަށް އިހުމާލު ނުވެވެއެކޭ ވިދާޅުނުވާނެ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒިޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ ފަހުގެ މައުލޫމާތު ދިނުމަށް ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ކޮންމެ ދުވަހަކު އެތައް ހާސް ފަރުވާއެއް ރައްޔިތުންނަށް ދެމުން ގެންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ފެންމަތިވަނީ ރަނގަޅު ކުރަންޖެހޭ ކަންކަން ހުރި ކޭސްތައް ކަމަށެވެ.
މަބްރޫކް ވިދާޅުވީ، މިކަމުގައި ސިއްހީ ހިދުމަތްތެރިން ރެއާ ދުވާލު އެތައް މަސައްކަތެއް ކުރާކަން ހަނދާން ކުރަން ޖެހޭ ކަމަށެވެ. އަދި އެތައް ކަމެއް ރަނގަޅަށް ވާ ކަމަށާއި، ނަމަވެސް ބައެއް ކޭސްތައް އަތުން ދޫވެގެންދާ ކަމަށެވެ. އެހެން ކަމުން އެކަން ދޮގު ނުކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ބޮޑު ކަމެއް ދިމާވެއްޖެނަމަ އެކަމާ ބެހޭ ފަރާތްތަކުން މީޑިއާއާ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާ ކަމަށެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންކަމުގެ ވާހަކަ ވެސް ދައްކާ ކަމަށް އޭނަ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ރާއްޖޭގައި ސިއްހީ ނިޒާމުގެ 55 ޕަސެންޓްވަރު ކޮވިޑް-19 އާ ގުޅޭ ކަންކަމަށް ހުސް ކޮށްފައިވީ ނަމަވެސް 45 ޕަސެންޓް އޮތީ ކުރިން ވެސް އޮތްހެން އެހެން ބަލިތަކަށް ކަމަށެވެ. އޭނާ ވިދާޅުވީ މިފަދަ ބޮޑު ބަލިމަޑުކަމެއް އައިސްގެން އުޅޭއިރު ބައެއް ހިދުމަތްތައް މެދު ކެނޑޭނެ ކަމަށެވެ.
މަބްރޫކް މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް ނޫން ބަލި މީހުންނަށް އިހުމާލުވާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފައެވެ.
އިހުމާލް، ޓެސްޓް ހެދެނީ އެއްް ނޫން
އެހެން ބުނެވޭނެ އެއްވެސް ޖާގައެއް އޮތްނަނަ ތެދެއް ނެހެދީސް ތިސޮރު.
އަސްލު މިހާރު މަބްރޫކް ޕްރެސް ބްރީފިން އަށް އަރާކަށް ނުފެނޭ، މިކަން (ކޯވިޑް 19 ގެ ކަންކަން) މިހާރު ދާލެއް ދޯދިޔާ ކަމުން މަބްރޫކް ގެ އަގުވެސް މިހާރު ދަނީ ވެއްޓެމުން
ހާއަލިފު ގައިވާ ދޮނަލުޅީގައި ތިބިމީހުންގެ ތެރެއިން ހަކުރު މަތީގައި އުޅޭމީހުއް ކަރަންޓީން ކޮށްފައި ތިބިއިރު އެމީހުން ބުނީމާވެސް ކެއުމުގެ ކަންތަކަށް ކީއްވެތޯ ހައްލެއް ހަފުތާވެގެންދާއިރުވެސް ނުލިބިވަނީ