ކޮވިޑް-19ގެ ކޭސްއެއް ފުރަތަމަ ރާއްޖެއިން ފެނިފައި ވަނީ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ ކުރެއްދޫ ރިސޯޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއަކު ރާއްޖެއިން ފުރައިގެން ދިޔަފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. އެހިސާބުން ފެށިގެން ސަރުކާރުން ތަފާތު ފިޔަވަޅުތަށް އަޅަމުން އައި ނަމަވެސް ވައިރަސް މާލެއަސް އައިސް، ކޮމިއުނިޓީ ސްޕްރެޑުގެ ފުރަތަމަ ކޭސް އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ. އެދުވަހަށް ފަހު މާލެ ލޮކްޑައުންކޮށް، ކޮވިޑާ ގުޅޭ ކަންކަން ބެލެހެއްޓުމަށް ހަދާފައި އޮތް ނޭޝަލަން އިމަޖެންސީ އޮޕްރޭޝަން ސެންޓާ (އެންއީއޯސީ)ގެ ހިދުމަތްތައ ވަރުގަދަކޮށް، ރަނގަޅުކޮށް ގައުމުގެ ކޮވިޑާ ގުޅޭ ސިއްހީ ހުރިހާކަމެއް އެ ސެންޓަރަށް ބަދަލު ކުރިއެވެ.
ފުރަތަމަ ފެށިގެން އައި އިރު އެ ތަނުގައި ހިދުމަތް ދެމުން ދަނީ ރަނގަޅަށް ކަމަށް ބުނެ ގިނަ ބަޔަކު އޭރު، ސަރުކާރަށް ކުރި ތައުރީފުގެ ރާގު މިއަދު ވަނީ ބަދަލު ވެފައެވެ. އެޗްޕީއޭ އާއި ހެލްތް މިނިސްޓްރީ އަށް އަމާޒުވަމުންދާ ފާޑުކިޔުން ދަނީ ގިނަވަމުންނެވެ. ދުވަހެއް ދުވަހަކަށް އިހުމާލުގެ ތަފާތު ކޭސްތައް ފެނި އާންމުންގެ އިތުބާރު ދަނީ ގެއްލެމުންނެވެ.
ފެންމަތިވި ޕޮޒިޓިވް/ނެގެޓިވް ކޭސް
ނަން ހާމަކުރަން ބޭނުން ނުވެ ޕޮޒިޓިވް ވި މީހާގެ ފިރިމީހާގެ ދައްތަ "ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ކޮއްކޮ (ފިރިހެން ކޮއްކޮގެ އަންހެނުން)، އުމުރުން 24 އަހަރުގެ އަންހެނެއް، ކުޑަކޮށް ހުންއައިސް ބޮލުގައި ރިއްސާތީ އެޗްޕީއޭއަށް ގުޅީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު 37.7 ގައި ހުން ހުރި ކަމަށް ވެސް އޭނާ ބުނެއެވެ. ޑޮކްޓަރަށް ދެއްކުމުގެ ކުރިން ސާމްޕަލް ނަގާ ކޮވިޑަށް ޓެސްޓް ކޮށް ބަލާލުމަށް ބޭނުންވާ ކަމަށް އެދުމުން ސާމްޕަލް ނަގުމަށް 14 ވަނަ ދުވަހު އަންނާނެ ކަމަށް އެޗްޕީއޭއިން ބުނި ނަމަވެސް އައީ 17 ވަނަ ދުވަހު ކަމަށާއި އައި އިރު އެއްވެސް ވަރަކަށް ހުން ނެތް ކަމަށް އޭނާ ބުނެއެވެ.
ކޮއްކޮ ޕޮޒިޓިވް ވުން
އެދުވަހު ނެގި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވް ކަމަށް 19 ވަނަ ދުވަހު ބުނި ކަމަށާއި، ނަމަވެސް އެކަން އެހެން ނުވާނެ ކަަމަށް ގަބޫލު ކުރެވޭތީ، އިތުރު ސާމްޕަލެއް ނަގާ ޓެސްޓް ރިޕީޓް ކޮށްދިނުމަށް އެޗްޕީއޭގައި އެދުނު ކަމަށް އޭނާ ބުނެއެވެ. ސަބަބަކީ ކޮއްކޮ އަކީ ދެ އަހަރު ނުވާ ތުއްތު ކުއްޖެއްގެ މަންމައަށް ވެފައި އާއިލާގެ އެއްވެސް މީހަކީ ޕޮޒިޓިވް ކޭސް އެއްގެ ޑައިރެކްޓް އަދި އިންޑައިރެކްޓް ކޮންޓެކްޓް އަކާ ކޮންޓެކްޓް ވެފައި ވާ ބަޔަކަށް ނުވާތީ ކަމަށާއި ގެއިން ބޭރަށް އެއްވެސް މީހަކު ގޮސްފައި ނުވާތީ ކަމަށް އޭނާ ބުނެއެވެ. އާއިލާގެ އެންމެންގެ ފަރާތުން އެކަމަށް އެދުމުން ޕޮޒިޓިވް ކަމަށް ބުނި އޭނާގެ ކޮއްކޮ، ކަރަންޓީން ފެސިލިޓީއަކަށް ބަދަލު ކުރުމަށް ފަހު ޓެސްޓް ކޮށްދޭނެ ކަމަށް ބުނި ކަމަށް އޭނާ ކިޔައިދިނެވެ.
އެގޮތުން 19 ވަނަ ދުވަހުގެ ރޭ 9:30ގައި އޭނާގެ ކޮއްކޮ ކަރަންޓީން ފެސިލިޓީއަށް ގެންދިއުމަށް އެޗްޕީއޭ އިން އައި ކަމަށާއި އޭނާ ދިޔަ އެމްބިއުލާސްގައި ކޮވިޑަށް ޕޮޒިޓިވް އިތުރު 5 މީހުން ތިބިކަމަށް އޭނާ ބުންޏެވެ. އަދި އެކަން އެނގުނީ އެއަށް އެރި ފަހުން ކަމަށް ކޮއްކޮ ބުނާ ކަމަށްވެސް ބުންޏެވެ. ހަމަ އެރޭގެ ދަންވަރު 2:30 ހާއިރު އެ ގޭގައި ބާކީ ތިބި މީހުންގެ ސާމްޕަލް ނަގަން އެޗްޕީއޭއިން އައި ކަމަށާއި ކުޑަ ކުދިންތަށްވެސް ނިދާފާ އޮއްވާ ނަގައިގެން ސާމްޕަލް ނެގި ކަމަށް އޭނާ ބުނެއެވެ.
ތިން އަހަރާއި ދިހަ އަހަރާއި ދެމެދުގެ 6 ކުދިން އެ ގޭގައި ތިބޭ އިރު، އެ ގެއިން އެކަނި 10 ސާމްޕަލް އެރޭ ނެގިއެވެ. ހުރިހާ ސާމްޕަލެއް ނެގީ އެއްކޮށް ކަމަށާއި އޭގެ 3 ދުވަސް ފަހުން 6 މީހުންގެ ސާމްޕަލްގެ ނަތީޖާ ލިބުނު ކަމަށެވެ. ނަތީޖާ ނެގެޓިވް ކަމަށް ބުނީ ވަރަށް ގިނައިން ގުޅައިގެން ކަމަށާއި ބާކީ އޮތް 4 ސާމްޕަލްގެ ނަތީޖާ ނޭނގޭ ކަމަށް ބުނި ކަމަށް އޭނާ ބުނެއެވެ. ކޮއްކޮ ކަރަންޓީން ފެސިލިޓީއަށް ގެންދިއުމަށް ފަހު ޓެސްޓް ކުރާނެ ކަަމަށް ބުނި ނަމަވެސް ފަހުން ބަނޑޮހަށް ގެންދިއުމުން އެ ފެސިލިޓީއާ ހަވާލުވެ ހުރި އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވީ ކޮއްކޮގެ ޓެސްޓް ކުރެވޭނީ އާއިލާއިން ޓެސްޓް ކުރި އެންމެން ނެގެޓިވް ވުމުން ކަމަށްވެސް ބުނި ކަމަށެވެ.
ކޮއްކޮގެ ޓެސްޓް ހެދޭނީ އެންމެން ނެގެޓިވް ވުމުން ކަމަށް ބުނުމުން، އެކަން ސާފުކުރަން އެޗްޕީއޭއަށް ގުޅުމުން ޖަވާބެއް ނުދީ، ނަތީޖާ ނޭނގޭ ކަމަށް ގުޅާ ކޮންމެ ފަހަރަކު ބުނާ ކަމަށްވެސް ބުންޏެވެ. ފުރަތަމަ ނަތީޖާ ލިބުނު ދުވަހުން ފެށިގެން ގުޅަމުން އައި ނަމަވެސް އެ 4 ސާމްޕަލްގެ ނަތީޖާ ދީފައި ވަނީ އޭގެ 7 ދުވަސް ފަހުން ނެގެޓިވް ކަމަށް އޭނާ ކިޔައިނެވެ. އޭނާ ބުނާ ގޮތުގައި އެޗްޕީއޭއަށް "މިސްޓޭކް" އެއް ހެދުމުން އެކަން ފޮރުވުމަށް މަސައްކަތް ކުރަނީ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުނެއެވެ. އެގޮތުން 995 މިނެޓްގެ ކޯލް 6 ދުވަސް ތެރޭ އެޗްޕީއޭއަށް ކުރި ކަމަށް އޭނާ ބުނެއެވެ.
ކޮއްކޮ ނެގެޓިވް ވުން
އެމީހުން އިތުރު ޓެސްޓެއް ނަހަދާ އެއީ ފޯލްޓް ޕޮޒިޓިވް އަކަށް ވެދާނެ ކަމަށް ބުނި ކަމަށާ ނަމަވެސް އޭނާ އެމްބިއުލާންސަށް އެރުވި އިރު އޭގައި ޕޮޒިޓިވް ބަޔަކު ތިބުމުން ދެން 14 ދުވަހު އޭނާވެސް އައިސޮލޭޓް ވާން ޖެހޭނެ ކަމަށެވެ.
ނަމަވެސް މިހާރު ކޮވިޑް ޕޮޒިޓިވް ވެފައިވާ މީހުން ތަކަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައި ވުމުން ދެން ދޫކޮށްލެވޭނީ ކަރަންޓީންގެ 14 ދުވެސް ހަމަވުމުން ޓެސްޓް ކުރުމަށް ފަހު ކަމަށް އެޗްޕީއޭން ބުނި ކަމަށް އޭނާ ބުނެއެވެ.
ކަރަންޓީން ފެސިލިޓީއަށް ގެންދިއު މަށް ފަހު 3 ދުވަސް ވަންދެން އެކަނި ކޮޓަރީގައި އޮންނަން ޖެހުމުންނާއި އިތުރު މީހަކާ ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުލިބޭތީ ނަފްސާނީ ގޮތުން އޭގެ އަސަރު ކޮއްކޮއަށް ކޮށްފައިވާ ކަމަށް އޭނާ ދައްތަ ކިޔައިދިނެވެ. އެގޮތުން އޭނާގެ ދަރިފުޅު ހޯދަން ގުޅުމާއި އަބަދު އާއިލާގެ ކޮންމެވެސް މީހަކަށް ގުޅައިގެން ހުންނަން ބޭނުން ވުމާއި އެކަނި އުޅެން ބިރުގަންނަ ވާހަކަ އަބަދު ދައްކާ ކަމަށާއި ކާހިތް ނުވެ، ނުކެވުމާއި މާލެ އަންނަން ބޭނުންވާ ކަމަށް ބުނާ ކަމަށް އޭނާ ކިޔައިދިނެވެ.
އެވަރުންވެސް އެޗްޕީއޭއަށް ގުޅާ އޭނާގެ ދަރިފުޅަށްޓަކައި ނަމަވެސް ޓެސްޓް ހަދާދިނުމަށް އެދުމުންވެސް ޓެސްޓް ނުކޮށްދިން ކަމަށް އޭނާ ބުނެއެވެ.
24 އަހަރުގެ އަންހެން މީހާގެ ފިރިމީހާ ބުނީ އިއްޔެއަށް 14 ދުވަސް ހަމަވެފައި ވާއިރު މިހާރު އެޗްޕީއޭން ބުނަނީ ޓެސްޓް ނުހެދޭނެ ކަމަށެވެ. ކުރިން 14 ދުވަސް ވުމުން ޓެސްޓް ހަދައިދޭނެ ކަމަށް ބުނި ކަމުގެ ހެކި (ޕްރޫފް) ދެއްކުމަަށް މިހާރު އެޗްޕީއޭން ބުނާ ކަމަށެވެ. އަދި މިހާރު ބުނަނީ އެޗްޕީއޭގެ އުސޫލާ އެއްގޮތަށް 21 ދުވަސް ވުމުން ނޫނީ ޓެސްޓް ނުހެދޭނެ ކަމަށް ކަމަށެވެ.
އޭނާ (24 އަހަރުގެ އަންހެން ކޮއްކޮ)ގެ ފިރިމީހާއަށް މިއަދު ގުޅާ އޭނައަށްް ވުރެ ފަހުން، އޭނާއާ ޖެހިގެން ހުރި "ރޫމް" އަށް ގެންދިޔަ މީހުންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށާއި މިހާރު އެ ސަރަހައްދުގައިވެސް މީހުން އުޅޭ ރޫމް އަކަށް ހުރީ އޭނާގެ ރޫމް އެކަނި ކަމަށް ބުނި ކަމަށެވެ.
އެކަމާ ގުޅިގެން އެޗްޕީއޭއަށް މިހާރު ގުޅިފައިވާ އަދަދު ނޭނގޭ ކަމަށާއި އެމީހުންގެ ޖަވާބަކަށް މިހާރު ވަނީ އެއީ ކިހިނެއް ހިނގާފައި އޮތް ކަމެއްކަން ނޭނގޭ ކަމަށެވެ. ބައެއް ފަހަރަށް މިހާރު ގުޅުމުން ފޯނު ކަނޑާލާ ކަމަށާއި ފޯނަށް ޖަވާބު ދޭން އެޗްޕީއޭން ބޭނުން ނުވަނީ އެއީ އެޗްޕީއޭގެ އިހުމާލުން ވީ ކަމަކަށް ވުމުން ކަމަށް އެ އާއިލާއިން ބުނެއެވެ.
އެޗްޕީއޭ/އެންއީއޯސީ ބުނަނީ ކީކޭ
މިކަމާ ގުޅިގެން "ދަ ޕްރެސް" އިން އެ ކޭސް ހިނގާދިޔަ ގޮތްކަމަށް އާއިލާއިން ހިއްސާ ކުރި މައުލޫމާތު މައްޗަށް އެންއީއޯސީއާ ސުވާލު ކުރީމެވެ. އެޗްޕީއޭއިން ބުނީ އެއިީ ކިހިނެއް ހިނގާފައިވާ ހާދިސާއެއްކަން ބުނެދޭން އިނގޭނީ އެ މީހާގެ ފުރިހަމަ ވަނަވަރު އެނގިގެން ކަމަށެވެ. މިކަމާ ގުޅިގެން އިތުރު ޖަވާބެއް ދީފައެެއް ނުވެއެވެ. ވީއިރު، މިއީ މިފަދައިން ހިނގި ފުރަތަމަ ކޭސް ކަމާމެދު ސުވާލު އުފެދެއެވެ.
ދުވާލެއްގެ މައްޗަށް ކޮވިޑްގެ އެތައް ސަތޭކަ ކޭސްއެއް ބަލަހައްޓަމުން ދާއިރު އެޗްޕީއޭ/އެންއީއޯސީއަށް ވެސް އޮޅުމެއް އަރާފާނެ ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް މައްސަލައެއް ދިމާވެ، ނުވަތަ އޮޅުންބޮޅުން ހިނގައިފައިވާ ކޭސްއެއްގެ މައުލޫމަތު "ވަނަވަރު" ނުބުނަނީސް ނޭނގޭނެ ކަމަށް ބުނީމައި އެޗްޕީއޭގެ މަސައްކަތްތަކާއި ކޭސް ހިސްޓްރީ ހޭންޑަލް ކުރާ ގޮތް ނުވަތަ އެކިއެކި ކޭސްތަކާ ގުޅޭ މައުލޫމަތު ރައްކާކޮށް ބަލަހައްޓަމުން ދާ ގޮތާ މެދު އެބަ ސުވާލު އުފެދެއެވެ.
ކޮވިޑަށް ޕޮޒިޓިވް ނުވަނީސް ޕޮޒިޓިވް ވި ކަމަށް ބަލައި ޕޮޒިޓިވް ބަޔަކާއެކު އެމްބިއުލާންސެއްގައި ގެންގޮސް އެތައް ދުވަހެއް ވާންދެން ކަރަންޓީނުކޮށްފައި މީހަކު ބެހެޓި ވާހަކަ ބުނީމައި އެކީ ކުޑަ އޮޅުމަކަށް ނުވާނެއެވެ. އަމުދުން އެފަދަ ކަމެއް ހިނގާފައި ވާނަމަ އެޗްޕީއޭގައި އެކަން "ލޮގް ކުރެވިފައި" އޮންނަން ވާނެއެވެ. އެކަން މީޑިއާއަށް ހާމަ ކުރަންވެސް ވާނެއެވެ. މިއީ އޮޅުމަކަށް ވުރެ ބޮޑު އިހުމާލެކެވެ.
އިސްތިހާރު ވުމާއި ލާރި ކެއުންނޫން ކަމެއް ނުފެނޭ....
ކޮންމެސް އެއްޗެއް ކިޔޭތޯ ބަލާބަލަ..ރޯމަރު ދޮގު
ނޫނޭ. ތީ ހަމަ ތެދެއް. އަހަރެން ދަންނަބައެއްތީ
މިހާދިސާ އާންމުންނައް އިގުން ރަނގަޅު. އަދި އެޗް.ޕީ.އޭ އިން މި ދިމާވި ކަންތަކާ ވިސްނައިން ދެން ދިމާވެދާނެ ކޭސްތަކުގަ ޝާމިލްވެދާނެ ވަކި ވަކި މުވައްޒަފުންނައް ކުޑަ ތަމްރީނެއް ދިނުންވެސް ރަނގަޅު. އެކަމު “ވަނަވަރު” ދެނެގަތުމައް އެޗް.ޕީ.އޭއިން އެދުމުން އެއީ އޮޅުންތާކާ ދުރުވާން ކުރި މަސައްކަތެއްކަން ނޭނގި، މުޖުތަމަޢުގައި ފިތުނަ އުފެދޭ ގޮތަށް، އެޗް.ޕީއޭ އިތުރަށް ކުއްވެރިކޮށް ލިޔުމަކީ ނޫސްވެރިޔާ ކިބައިން މުޖުތަމަޢުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް.
އެޗް.ޕީ.އޭ އަކީ ކޯވިޑްގައި އެންމެ އިސްރޯލް ހަވާލުކުރެވި ކޮންޓެކްޓް ޓްރޭސިން އަދި މޮނިޓަރިން ކަންކަން ހަވާލުކުރެވިފައިވާ ގާނޫނީ ސަހުސު ކަމަށް ވީހިނދު މައިމޫނާ އަދި ނިޝާނު ނޫސްވެރިންނާ ދުރުގައި ތިބޭ ތިބުން އެއީ އޭގައި ފޮރުވިފައިވާ ސިއްރު އެކުލެވޭ ކަމެއް. ނަޒްލާ އަދި ޑަކްޓަރު އަފުޒަލްވެސް ބިރުން ތިބޭކަން ފާހަގަވޭ. ވަރަށް ފަރުވާކުޑަ. އިންސާނުންގެގޭގައި ބަންދު ސްޓިކަރ ޖެހުމަށްފަހު އިހުމާލުން އިހުމާލުވެ ތިބޭތިބުމަކީ ދެރަ މައްސަލައެއް.
އެމީހުނަށް ގުޅައިގެން ޖެއްސުން ކިރީމަ ރިވެންޖް ނަގަނީ. %100
ހަގީގަތަ ކީ އެޗް ޕީ އޭ ތީި މީގެ ކުރިން ދިވެހިން ދަންނަ ބައެއްނޫން. ވަރައް ހިމޭނުން ތިބިބައެއް. ކަމަ ކާޖެހުނުއިރު،ގާބިލް ކަމެއް،މުއައްޒަފުންނަށް ތަމްރީނެއް ދެވިފަނުވޭ. ކަމެއް މެނޭޖް ކުރާނެ ސިސްޓަމެއް އަމުދުންނެތް. ދެންވާނެގޮތް އެ ވަމުން ދަނީ
ދެން ވެސް މި ކަހަލަ ކަމެއް ނުކޮށްވޭތޯ ބަލާތީ. ބައެއް މީހުންނަށް ބުނެވިދާނެ މި ފަދަ ދަނޑިވަޅެއްގަ އެހެންވެސް ވެދާނޭ. އެކަމަކު ކޮންމެ މީހެއްގެވެސް އަމިއްލަ ދަރިއެއް ނުވަތަ އާއިލާ މީހަކަށް މިހެން ވި ނަމަ ހަމަ މިހެން ދުވާނެ. ރޯނެ. އެއްޗިސްވެސް ކިޔާނެ. ދެން މި ކަހަލަ އާޓިކަލް އެއް ލިޔުނީމަ ގޯސްވާނީ ލިޔާ މިހާ. އަޅެ ކޯއްޗެއް އުނގެނިގެން އުޅޭ އާދަމްގެ ދަރިންނެއްބާ މީ. އެންމެ މީހަކަށް ދެރައެއް ލިބުމުން އެކަމާ އަޑު އުފުލީމަ ދޯ ދެވަނަ މީހަކަށް މިހެން ނުވާނީ. ދަ ޕްރެސް އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ......