ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވާ އަޑުގަދަ ކުރެއްވުމުގެ ސަބަބުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ނަން އިއްވުމަށްފަހު މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.
މިރޭ ދަންވަރު 1:30 ގައި ފެށި ރައްޔިތުން މަޖިލިސްގެ ޖަލްސާގައި ޝިޔާމް ވާހަކަ ދައްކަވަން ފައްޓަވާފައި ވަނީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ލަސް ކުރީ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
ޝިޔާމް ނަން އިއްވުމުންވެސް ތަޅުމުން ބޭރަށް ވަޑައިނުގަތުމުން މަޖިލީހުގެ ތަޅުމުގެ ތެރޭގައި މެންބަރުން ގެންދެވީ ގަޔަށް އަތްލައި ހަރުކަށިކޮށް ވާހަކަ ދައްކަވަމުންނެވެ.
ގަާތްގަނޑަކަށް 10 ވަރަކަށް މިނެޓް ވަންދެން މެންބަރުން ގާތްވެ އަޑުގަދަ ކުރައްވަމުން ގެންދެވި އިރު ޖަލްސާގެ އަޑު ވަނީ ކަނޑާލައިފައެވެ. ޝިޔާމް މަޖިލީހުގެ ތަޅުމުން ބޭރަށް ވަޑައިގެތުމުން ޖަލްސާ ވަނީ އަލުން ފަށާފައެވެ.
މިރޭގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ރައީސް ނަޝީދު ފުރަތަމަ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންނެވިއެވެ. ސަބަބަކީ މެންދަމުގެ ވަގުތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ވޯޓަށް އަހަން ޖެހުމުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ނަޝީދު ވިދާޅުވީ އެ ގޮތަށް އަމަލު ކުރަން ޖެހިވަޑައިގަތީ އިދިކޮޅު ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެ ގޮތަށް އެއްބަސްވެ ވަޑައި ނުގަތުމުން ކަމަށާއި އިދިކޮޅުގެ އެ އަމަލަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
ރީތި މީހުން ބަލައިގެން ރަންނަމާރި ހަމަލަ ދޭނީ މާލެ އަށް ދަންވަރު ފުރޭތަ އެރީ