ރާއްޖެއިން ކޮވިޑް ޖެހުނު ބަންގްލަދޭޝް މީހުންގެ އަދަދު 1003 އަށް އަރައިފިއެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު ބަންގްލަދޭޝް މީހުންގެ އަދަދު 1003 އަށް އަރަފައި ވާ އިރު، މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ވަނީ 1829 އަރާފައެވެ. މީގެ ތެރެއިން ފަރުވާ ދެމުން ދަނީ ޖުމްލަ 1333 މީހުންނަށެވެ.

ކޮވިޑަށް ޕޮޒިޓިވްވި ދިވެހިންގެ އަދަދު 590 އަށް އަރާފައި ވާއިރު ރާއްޖެއިން ތިން ވަނައަށް އެންމެ ގިނަ އަދަދެއްގެ ޕޮޒިޓިވް ވެފައި ވަނީ އިންޑިއާ މީހުންނެވެ. އެއީ ޖުމްލަ 186 މީހެކެވެ.

މީގެ އިތުރުން ރާއްޖެއިން ޕޮޒިޓިވް ވެފައި ވަނީ ނޭޕާލްގެ 23 މީހަކާއި އިޓަލީގެ 11 މީހަކާއި ލަންކާ 9 މީހަކާއި ޕާކިސްތާނުގެ 3 މީހެއްގެ އިތުރުން އެހެން ގައުމު ތަކުގެ 4 މީހެކެވެ.

ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު މިހާރު ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދާއިރު، މިހާރު ވަނީ ޖުމްލަ 488 މީހުންނަށް އިތުރު ވެފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 6 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ މިއަދު މަރުވި 54 އަހަރުގެ ބިދޭސީއަކާއި 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.