ރާއްޖެއިން އިތުރު 56 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ޕޮޒިޓިވްވި 56 މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 29 ބިދޭސީން ކަމަށެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ކޮން ގައުމެއްގެ ބައެއް ކަމެއް މަބްރޫކް ވިދާޅެއް ނުވެއެވެ.

މިއަދު ޕޮޒިޓިވްވި ދިވެހިންގެ ތެރެއިން އެކަކު ފިޔަވާ ދެން ތިބި އެންމެންވެސް މީގެކުރިން ޕޮޒިޓިވްވި މީހުންނާއި ގުޅޭ ކަމަށާއި ބިދޭސީންގެ ތެރެއިންވެސް ހަތަރު ކޭސްއެއް ފިޔަވާ ދެން ތިބި ހުރިހާ އެންމެންވެސް މީގެކުރިން ޕޮޒިޓިވްވި މީހުންނާއި ގުޅިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1829 އަށް ވަނީ އަރާފައެވެ. މަބްރޫކް ވިދާޅުވީ މިހާރު ފަރުވާ ދެމުން ދަނީ 1333 މީހަކަށް ކަމަށެވެ.

މިބަލީގައި ރާއްޖެއިން މިއަދު ވަނީ މީހަކުވެސް މަރުވެފައެވެ. މަރުވެފައި ވަނީ 54 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. މިމީހާއާ އެކު މި ބަލި ޖެހިގެން ޖުމްލަ ހަ މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.