ކޮވިޑް19 ޖެހުނު އިތުރު 35 މީހަކު ރަނގަޅު ވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ވިދާޅުވީ މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު 488 އަށް އަރާފައިވާ ކަމަށެވެ.
މިއަދުވެސް ރާއްޖެއިން ވަނީ 56 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. މިއާއިއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1829 އަށް އަރާފައެވެ. މަބްރޫކް ވިދާޅުވީ ބަލިން ރަނގަޅުވި އިތުރު 35 މީހުންނާއިއެކު މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދަކީ 1333 ކަމަށެވެ.
ރާއްޖެއިން މިއަދު ޕޮޒިޓިވްވި 56 މީހުންގެ ތެރޭގައި 27 ދިވެހިންނާއި 29 ބިދޭސީން ހިމެނެއެވެ.
މިބަލީގައި ރާއްޖެއިން މިއަދު ވަނީ މީހަކުވެސް މަރުވެފައެވެ. މަރުވެފައި ވަނީ 54 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. މިމީހާއާ އެކު މި ބަލި ޖެހިގެން ޖުމްލަ ހަ މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.