ޚޮވިދޤ-19ގެ ސަބަބުން މާލެ ސިޓީން ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން 45 މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވެއެވެ.
މިކަމާ ގުޅިގެން ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ، ލޮކްޑައުންގެ ތެރޭގައި 45 މައްސަލަ ފޮނުވާފައިވާއިރު އެއީ 77 ޗާޖް ޝީޓް ކަމަށެވެ. އަދި މި ހުރިހާ ލިޔެކިއުމެއް ވެސް ފޮނުވާފައި ވާނީ ރައްކާތެރިކަމާއެކު އޮންލައިންކޮށް ކަމަށް ޝަމީމް ވިދާޅުވެއެވެ.
ޝަމީމް ވިދާޅުވީ، އަތޮޅުތަކުގެ ކޯޓުތަކަށް ވެސް މައްސަލަ ފޮނުވުމަށް ތައްޔާރު ކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން އައިީ ރަނގަޅު ބަދަލެއް ކަމަށާއި، ކަރުދާހުގައި މައްސަލަތައް ކޯޓަށް ހުށަހެޅުމަށްވުރެ އޮންލައިންކޮށް ހުށަހެޅުން ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި ބަދަލަކީ މުސްތަގުބަލަށް އެޅޭ އާ ފިޔަވަޅެއް ކަމަށެވެ.
ޕީޖީ މިހެން ވިދާޅުވެފައިވާއިރު، ކޮވިޑް-19ގެ ސަބަބުން ގިނަ މަސައްކަތްތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ. އޮންލައިންކޮށް ކުރެވޭ އެތައް ކަމެއް މީހުން ފިޒިކަލީ ކުރަމުން ގެންދިއުމުގެ ޓްރެންޑަށް ކޮވިޑް-19ގެ ސަބަބުން މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމުގެ ފަސޭހަކަން މީހުންނަށް މިވަނީ ދަސްވެފައެވެ.
މާލެ ސިޓީން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހެވެ. ލޮކްޑައުންއަށް 6 ހަފްތާ ފަހުން ލުޔެއް ދޭން ނިންމާ، އެކަން ތަންފީޒުކޮށް، ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ސަރުކަރު އޮފީސްތައް ހުޅުވާލާފައިވާއިރު، އޮންލައިންކޮށް ކުރެވޭ މަސައްކަތް އޮންލައިންކޮށް ކުރުމަށް ސަރުކާރުން ބާރުއަޅައެވެ.
މީނާ މިކަމަށް ކުފޫ ހަމަނުވޭ. އަމަލާ ބަހާ ދިމާނުވޭ. އަމިއްލަ ނަފުސު ފެނިފަ ހުންނަ މީހަކަށް ޕީޖީ ކަމެއް ނުކުރެވޭނެ