ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ރާއްޖެއިން 52 މީހުން ރަނގަޅުވެ ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު 453 އަށް އަރައިފިއެވެ.

މިއީ ބަލިޖެހިފައިވާ މީހުންގެ އިންސައްތައަށް ބަލާނަމަ 25 ޕަސެންޓެެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް އަޒީޒް ވިދާޅުވީ، ރޭ ޕްރެސް އަށް ފަހު މިރޭ 6:00 އާ ހަމައަށް މިބަލި ޖެހުނު މިޙުންގެ ތެރެއިން އިތުރު 52 މީހުިން ބަލިން ރަނގަޅުވެފައިވާ ކަަމަށެވެ. އަދި މިހާރު ބަލިން ރަނގަލުވެފައިވާ ޖުމްލަ މީހުންގެ އަދަދު 453 އަށް އަރާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރޭގެ ޕްރެސްއަށް ފަހުން މިރޭގެ 6:00 އާ ހަމައަށް 101 އިތުރު މީހަކަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 1773 އަށް އަރާފައެވެ. މިއަދު ޕޮޒިޓިވްވި މިޙުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް 72 މީހުންނާއި އިންޑިއާގެ 21 މީހުންނާއި 8 ދިވެހިންނެވެ.

ކޮވިޑްއާ ގުޅިގެން ކަރަންޓީން ކުރެވިފައިވާ މީހުންގެ މިއަދު ދޫކޮށްލެވިފައިވަނީ 69 މީހުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން މި މިހޫން ކަރަންޓިްނުން ދޫކޮށްލެވިފައި ވަނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު ބައްޔަށް ޓެސްޓު ކުރެވި ނެގުނު ދެ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާ ފަރާތްތައް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިހާރު ކަރްނޓިން ފެސިލިތީގައި ތިބީ ޖުމްލަ 1403 މީހުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީގައި ތިބީ ޖުމްލަ 1259 މީހުންނެވެ.