މިއަދުން ފެށިގެން އެސްޓީއޯ ސުޕަމާޓާއި ހޯލްސޭސް ސެންޓަރު ހުޅުވާލައިފިއެވެ.
އެސްޓީއޯން ބުނީ މިއަދުން ފެށިގެން އެސްޓީއޯ ސުޕަމާޓާއި ހޯލްސޭސް ސެންޓަރު ހުޅުވާލާފައިވާ ކަމަށާއި އެގޮތުން އެސްޓީއޯގެ ސުޕަމާޓް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށާއި ހަވީރު 4:00 އިން ރޭގަނޑު 9:00 އަށް ކަމަށެވެ.
އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށެވެ.
މީގެ އިތުރުން އެސްޓީއޯ އިން ބުނީ ވިޔަފާރީ ކުރަން ދިއުމުގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުަމަށާއި ހެލްތް ޕްރޮޓެކްޝަނާއި ސިއްހީ މާހިރުން ދޭ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާ އެކު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު ގަތުމަށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް އެސްޓީއޯއިން ހުޅުވާލި އޮންލައިން ކޮށް މުދާ ގަނެވޭ އީސްޓޯރުން ރީޓެއިލް ކޮށް މުދާ ވިއްކުން މަޑުޖައްސާލައި ހޯލްސޭލް ކުރަން ނިންމައިފައި ވަނީ މިމަހުގެ 9 ވަނަ ދުވަހެވެ.