ޗެކް މެދުވެރިކޮށް ފައިސާ ދައްކަމުން ގެންދާ ފަރާތްތަކަށް ބޭންކް ޓްރާންސްފާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް އެމްޑަބްލިއުއެސްސީން ހަމަޖައްސައިފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް ޗެކް މެދުވެރިކޮށް ފައިސާ ދައްކަމުންދާ ވިޔަފާރި ފަތާތްތަކާއި މުއައްސްސާތަކާއި ޑޮމެސްޓިކް ކެޓަގަރީގެ ކަސްޓަމަރުންނަށް ޗެކްގެ ބަދަލުގައި ބޭންކް ޓްރާންސްފާ މެދުވެރިކޮށް ފައިސާ ފޮނުވުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.
ފައިސާ ފޮނުވާނެ އެކައުންޓް:
- MVR 7701 101705 001
- USD 7701 101705 002
ފައިސާ ފޮނުވުމަށް މި ލިންކްގައިވާ މައުލޫމާތު ފުރިހަމަ ކުރުމަށްވެސް އެ ކުންފުނިން އެދެއެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ އެ ހަމަތަކާއި އެއްގޮތަށް ފުރިހަމަ މައުލޫމާތު ފުރާފައި ނުވާނަމަ އެ ފަރާތެއްގެ އެކައުންޓް އަޕްޑޭޓް ވުމުގައި ލަސްތަކެއް ދިމާވެދާނެ ކަމަށެވެ.
ބޭންކް ޓްރާންސްފާގެ ހިދުމަތާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅާ ނުވަތަ 1050 އަށް މެސެޖް ކުރުމުން ނުވަތަ [email protected] މެއިލް ކުރުމުން ލިބޭނެ ކަމަށެވެ.