ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މިމަހު 21 ވަނަ ދުވަހު 12:45 ގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މަރާލާފައިވާ މައްސަލައާ ގުޅިގެން 22 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހޯދަން ޖެހޭ ފޮރެންސިކް ހެކި ހޯދާ ތަހުގީގު ފިރހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތް 21 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރު ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މި މީހާ މަރާލާފައިވަނީ ދެމީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަން މިހާތަނަށް ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ.
ގުރާދޫގައި މީހަކު މަރާލާފައި އޮތްވާ ފެނުނު ސަަރަހައްދަކީ އެ ރަށުގައި އުމްރާނީ އެކިއެކި މަަސައްކަތް ކުރާ "ކަންދަރު އަވަށް" ކަމަށްވާއިރު، އެތާނގައި ތަފާތު އެކި ބާވަތްތަކުގެ މަސައްކަތް ހިންގާ 50 ސައިޓް ހުރެއެވެ. އަދި އެ 50 ސައިޓުގައި މަދުވެގެން 50 އަކަށް ބިދޭސީން މަސައްކަތް ކުރާއިރު، މަރުވެފައި އޮތް މީހާއާއި ޒަހަމްވެފައި އޮތް މީހާއާ ގުޅުމެއް ހުރިކަމަށް ބެލެވޭ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގައި، ބިދޭސީން ދިރިއުޅޭ ތަންތަން ބަލާ ފާސްކުރުމުގައި، ޒަހަމްވެފައި އޮތް އިތުރު ބިދޭސީއެއް ފެނުނެވެ. އަދި އެރޭ 3:00 ހާއިރު ރަށު ސިއްހީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދިނުމަށްފަހު ފުލުހުން ވަނީ އޭނާއާ ސުވާލުކޮށްފައެވެ.