ކޮވިޑް-19 ރާއްޖޭގައިވެސް ހަލުވިކަމާއެކު ފެތުރެމުން ދާއިރު، ބަލިން ރައްކާތެރި ވުމަށްޓައި ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖެއިން ކޮވިޑް ފެނުމާއެކު މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ވަނީ މާލެ ސިޓީގެ މަގުތަށް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މާލޭގެ އިތުރުން އައްޑު ސީޓި އާއި ގދ. ތިނަދޫގެ މަގުތަށްވެސް އެމްއެންޑީއެފާއި އެ ރަށްރަށުގެ ކައުންސިލަރުންނާ ގުޅިގެން ވަނީ ޑިސްއިންފެކްޓް ކޮށްފައެވެ. މިއީ މާލެއިން ކޮވިޑް ފެނިގެން ކުރި މަސައްކަތަށް ނުވި ނަމަވެސް މިހާރުގެ ހާލަތު މި ވަނީ ބަދަލު ވެފައެވެ.
ޑިސްއިންފެކްޓް ކުރުމޭ ބުނަން ފަސޭހަ ނަމަވެސް މި ކަމުގައި ހުރި އުނދަގުލާއި ކަމުގެ ބިރުވެރިކަން އިނގޭނީ ހަމަ އެ މަސައްކަތުގައި އަވެދިނެތި މަސައްކަތް ކުރަމުންދާ ބަޔަކަަށެވެ. މި މަސައްކަތް ފަށައިގަން އިރު އެމްއެންޑީއެފް މީހުން މަސައްކަތް ކުރި ނަމަވެސް، އެ ބައެއްގެ ވާހަކަ ނުދައްކާ ބައެއްގެ ވާހަކަ އެބަ އޮތެވެ. 24 ގަޑި އިރު ވޮލަންޓިއަރުންގެ ގޮތުގައި އޮންކޯލް ޑިއުޓީގައި މަސައްކަތް ކުރާ ބައެކެވެ. ގައުމަށާއި ރައްޔިތުންނަށް އޮތް ލޯބީގެ ބޮޑު ކަމުން އާއިލާ އާއި ދުރު ތިމާގެ މީހުން ދޫކޮށް އައިސް އުޅޭ ބައެކެވެ.
އާނއެކެވެ. ދައްކަން މިއުޅެނީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) އާ ގުޅިގެން ވޮލެންޓިއާކޮށް މަސައްކަތް ކުރަމުން އަންނަ، އެމްއެންޑީއެފްގެ ދަށުގައި އޮންނަ އޭވިއޭޝަން ސެކިއުރިޓީގައި މަސައްކަތް ކުރާ، ނަމަވެސް މިހާރު ގައުމަށްޓަކައި ނިކުމެ ތިބި ޒުވާން ދިވެހި ކުދިންކޮޅެއްގެ ވާހަކައެވެ.
އޭވިއޭޝަން ސެކިއުރިޓީގައި މަސައްކަތް ކުރާ 10 މުވައްޒަފުން
އޭވިއޭޝަން ސެކިއުރިޓީގައި މަސައްކަތް ކުރާ އޮފިޝަލަކު "ދަ ޕްރެސް" އަށް މައުލޫމާތު ހިއްސާ ކުރަމުން ވިދާޅުވީ، އޭވިއޭޝަން ސެކިއުރިޓީން އެޗްޕީއޭއަށް ނެގި 10 މީހުންގެ ޓީމެއް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއީ ގްރޭޓާ މާލެ އޭރިއާ ޑިސްއިންފެކްޓް ކުރާ ޓީމު ކަމަށް އޭނާ ވިދާޅުވިއެވެ.
"ޑީކޮން ޓީމް" ގެ ނަމުގައި ހަދާފައިވާ އެ ޓީމަށް އެޗްޕީއޭން ފޮނުވަނީ އެ ދުވަހެއްގައި ޑިސްއިންފެކްޓް ކުރަން ޖެހޭ ތަންތަނުގެ ލިސްޓެކެވެ. ޑިސްއިންފެކްޓް ކުރަން ދާން ޖެހެނީ ކަނޑަ އަޅާފައި އޮންނަ ވަކި ހާއްސަ ސޫޓެއް (ހެދުމެއް) ލައިގެން ކަމަށާއި ދުވާލެއްގެ މައްޗަށް 6 ތަން ނުވަތަ 9 ތަނަށް ދާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ގްރޭޓާ މާލެ އޭރިޔާގައި ހިމެނެނީ ވިލިމާލެ، ހުޅުމާލެ، ތިލަފުށީގެ އިތުރުން މާލެއެވެ. މިއިން ކޮންމެ ތަނަކަށް ކޮންމެ ވަގުތަކު ދާން ބުނެފާނެ ކަމަށް ތައްޔާރަށް ތިބޭ މި ޒުވާން ޓީމުގައި ތިބެނީ 2 އަންހެނުންނާއި 8 ފިރިހެނުންނެވެ. އަދި އިތުރު ކުދިން އެޓީމާ ގުޅެން ބޭނުންވެގެން އެދުމުން ފުރުސަތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާއިލާ އާ ދުރުގައި މިދިޔަ މަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަ އިރު އޭވިއޭޝަންގައި މަސައްކަތް ކުރާ އެންމެންވެސް ދިރިއުޅެމުން ދަނީ އެއް ގެސްޓް ހައުސްގައި ކަމަށް އެ އޮފިޝަލު ވިދާޅުވިއެވެ. މިހާތަނަށް އާންމުންގެ ފަރާތުން ނެގެޓިވް ކޮމެންޓެއް އައިސްފައި ނުވާއިރު، އެ މީހުން ކުރާ މަސައްކަތް އާއިލާ އާއި އެ ފަރާތްތަކުގެ ރަށްޓެހި ރަހުމަތްތެރިންވެސް ބަލައިގަނެ ޝުކުރު އަދާ ކުރާ ކަމަށް އޭނާ ވިދާޅުވެއެވެ.
އޭވިއޭޝަން ސެކިއުރިޓީގައި މަސައްކަތް ކުރާ މުވައްޒަފުން، ކުރަނީ ކީއް!
ގޮގުލްސް އާއި ޕްރޮޓެކްޓިވް ގައުންސް އާއި ހަޒްމަޓް ސޫޓްސް އާއި ސާޖަން ކެޕްސް އާއި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންކުރާ ތަކެތި ލައިގެން އެމީހުން ނިކުންނަނީ އަމިއްލަ ފުރާނައަށްވެސް ބެލުމެއް ނެތިއެވެ. ޕޮޒިޓިވް ކޭސްތަށް ފެނިފައިވާ ގެ ތަކުން ފެށިގެން މާލެ ސިޓީގެ މަގުތަށް މަތީ، އެންއީއޯސީން ގޮވާލި ކޮންމެ ގަޑިއަކުވެސް ނިކުންނަނީ ކަމާކަންފަށާ ކެރިހުރެއެވެ.
ކޮންމެ ދުވަހަކުހެން ޑިސްއިންފެކްޓް ކުރަން ޖެހޭ ތަންތަނުގެ ގޮތުގައި އެ ޓީމުން ފާހަގަ ކޮށްފައި ވަނީ ފިހާރަ ތަކާއި ގެ ތަކާއި ގޯޑައުންސް ތަކާއި ބިދޭސީން ދިރިއުޅޭ ގެ ތަކުގެ އިތުރުން ކޮވިޑަށް ޕޮޒިޓިވް ވާ މީހާ އުފުލާ އުޅަނދު ތަކެވެ.
ވީއައިއޭގައި މަސައްކަތް ކުރާ ބަޔަކު މާލޭގެ މަގުތަކުގައާއި، ޕޮޒިޓިވް ކޭސްތަށް ފެނިފައިވާ ތަންތަން ޑިސްއިންފެކްޓްކޮށް އާންމުންނަށް ފަސޭހަ ކޮށްދެމުން ދާއިރު، ހަނދާން ނަށްތާލައިގެން ނުވާނެ ކަމަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީލް)ގައި މަސައްކަތް ކުރާ ފަރާތްތަކެއްވެސް ތިބިކަމެވެ. ކޮންމެ ދުވަހަކު އެ ވާހަކަ ނުދެއްނި ނަމަވެސް އެ މީހުންވެސް ގައުމަށް ޓަކައި ވަމުން އެ ދަނީ ގުރުބާނީ އެކެވެ.
މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ކޮންމެ ދުވަހަކު ފްލައިޓް ނެތަސް ސަރުކާރުގެ އެހީގައި ފުރުވާލާ މީހުންގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން ތިބޭއިރު، އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީވެސް ރައްކާތެރިކަން ބޭނުންވާ ބައެކެވެ.
މީގެ އިތުރުން އޭވިއޭޝަން ސެކިއުރިޓީ ޓީމުތައް މާލޭގެ އެއާޕޯޓުގެ އިތުރުން އަތޮޅުތެރޭގެ އެއާޕޯޓުތަކުގައިވެސް ހަރަކާތްތެރި ވެއެވެ. ކޮންމެ ދުވަހު ފުރާ ފަސިންޖަރުން ސްކްރީން ކުރުމާއި ލަފާ މީހުންގެ ކަންކަން ބެލުމުގައެވެ. މާލެއާއި އަތޮޅުތެރޭގެ އެއާޕޯޓުތައް ހިމެނޭ ގޮތުން ޖުމްލަ 500 އަށް ގިނަ މުވައްޒަފުން ހަރަކާތްތެރި ވެއެވެ.
ކޮވިޑާ ގުޅިގެން ރާއްޖެ ދޫކޮށްދާ ބިދޭސީންނާއި، އިންޑިއާ މީހުންނާއި، އެހެނިހެން ގައުމުތަކުގެ ފަތުރުވެރިންވެސް ސްކްރީން ކުރީ އޭވިއޭޝަން ސެކިއުރިޓީގެ މުވައްޒަފުންނެވެ.
މިހާ ބުރަ މަސައްކަތެއް ކުރަމުންދާ ބައެއްގެ އަގު ވަޒަން ނުކޮށް ދޫކޮށްލަންވީތޯއެވެ. ގައުމުދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ރައްޔިތިންނާ ދޭތެރޭ ވިސްނާ މި ފަރާތްތަކަށް އަހަރެމެން ޝުކުރުވެރި ވާން ޖެހެއެވެ. ނޭނގި ނަމަވެސް އެނގިގެން ނަމަވެސް ދުރުގައިވެސް އަދި ކައިރީގައިވެސް ޝުކުރު އަދާކުރާށެވެ. އެމީހުންނަށް ލިބޭ ކުޑަ ހިތްހަމަ ޖެހުމަކީ އެ މަސައްކަތަށް ލިބޭ ކުރިއެރުމެއް ކަމަށް ދެކޭށެވެ.
އެވްސެކް ގަ އުޅުނު މުވައްޒަފެއްގެ ޙައިޞިއްޔަތުން ބުނަންޖެހެނީ މިހާރު އެވްސެކް ގެ މަސައްކަތް ކުރާ ކުދިންނަށް "ސެލިއުޓް" އޭ. އަދި މިހާރު ތިއްބެވި 'ބައެއް' ވެރިން އެ އޮފިސަރުން ކުރާ މަސައް ކަތް ބަލައިގަނެ އަގު ވަޒަން ކުރާތީ "ޝު ކުރިއްޔާ ސަރ/މެޑަމް" އޭ.
އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީލް) އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އެއީ ވަކި ދެ ތަނެއް. އެމްއޭސީލް އެއީ ސަރުކާރުގެ ކުންފުންޏެއް. އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑް އެއީ މިނިސްޓަރީ އޮފް ޑިފެންސް ގެ ދަށުންގަ އޮންނަ ބައެއް
ރަނގަޅަށް ބެލިޔަސް ނުބެލިޔަސް ކޭސް 24 އަށް އޗ.ޕ.އ އިން ގުޅާފަ ތިހުރީ މިވެނިހެން ވެފަޔޭ އެވެނިހެން ވެފަޔޭ ދޮޅު ރޯނާއޭ ބުނެފިނަމަ ތިބޭފުޅާއަށް ވާނޭ ގޮތެއްނޭގެ ބުނެދޭން ދަތި. ހަމަ ވާނުވާގަ ޕޮޒިޓިވް ވެދާނެ ރާއްޖޭގެ އެންމެން ވެސް އިނގޭ ކޭސް 24.
ވަރަށް ހިތްވަރުގަދަ ޓީމެއް. ސާބަސް ދޭން ޖެހޭ. މިއަދު އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންނަށް މިހެން މި ތިބެވެނީ ސަލާމަތާއި ރައްކާތެރިކަން މި ލިބެނީ. އެހެންވީމާއި ހަމަ ސެލިއުޓު ކުރަން ޖެހޭ.
ބަލަ ތިތާ ކުއްޖެނު ކޭސް 24 އަކީ. ޕޮޒިޓިވް ވި. ފަހުން ނުވެއޭ ކިޔައިގެން އުޅުނީ. ރަނގަޅަށް ބަލާ
ތީ ހާދަ ވާނުވާ އިނގޭ ބޭފުޅެކޭ.. ކޭސް 24 އަކީ ޕޮސިޓިވް ވި ކޭސް އެއް ނޫން.. ޝައްކު ކުރެވޭ ކޭސް އެއް.. ފަހުން އެޗް.ޕީއޭ އިން ނިންމި ގޮތުގަ އެއީ ކީ ޕޮސިޓިވް ކޭސްް އެއް ނޫން
ތިހެން މިގައުުގަ ވޮލަންޓިއާކޮށް އުޅޭ އެތައް ބައެއް އެބައުޅޭ. ދެން ތިވެސް އޯކޭ.
ސެކިއުރިޓީ ބަލަހައްޓާ މީހުންނަކީ ހުރިހާ ތަނެއްގަވެސް ޙާއްސަ ކޮށް އެވްސެކް އަކީ އެބައެއްގެ އަގު ވަޒަން ނުކުރެވޭ އަދި މީހުން ވަރަށް ރުޅި އަންނަ ބައެއް. މިކޮމެންޓުން ވެސް އެކަން ފާހަގަ ކުރެވޭ.