ކޮވިޑް-19 އަށް ޕޮޒިޓިވްވި އިތުރު 10 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 1481 ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި 1232 ކޭސް އެބަ އުޅެއެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 242 މީހަކު ރަނގަޅުވެފައިވާއިރު، މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 5 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެކެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް މިރޭ ވަނީ ލޮކްޑައުންއަށް ކޮންމެވެސް ވަރެއްގެ ލުއެއް ދިނުމަށް ނިންމާ، އެކަން އިއުލާން ކޮށްފައެވެ.

ލޮކްޑައުނަށް ލުއި ދިނުމަށް ނިންމާފައިވާއިރު، އެކަން ކުރުމަށް ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން، ކޮންމެ ފިޔަވައްސަކީ ދެ ހަފްތާގެ މުއްދަތު ކަމަށް ކަނޑައަޅާފައިވެއެވެ. ނަމަވެސް، ޕޮޒިޓިވް ކޭސްތައް އިތުރުވާނަމަ ލޮކްޑައުން ހަރުކަށި ކުރުމަށް ވެސް ވަނީ ނިންމާފައެވެ.