ކޮވިޑް-19އާ ގުޅިގެން ލޮކްޑައުންނަށް ލުއިތަކެއް ދީ އެކަން އިއުލާން ކުރި އިރު ކުރިއަށް އޮތް 2 ހަފްތާއަށް ލުއިދީފައިވާ އިރު އެ މުއްދަތުގައި ކިޔަވައިދިނުމަށް ސްކޫލްތައް ހުޅުވަން ނިންމާފައި ނުވާ ކަމަށް ހެލްތް މިނިސްޓަރު އަމިން ވިދާޅުވެއްޖެއެވެ.
މިރޭ އެންއޯސީގެ ފަރާތުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ރާއްޖޭގައި ކޮވިޑް ޖެހޭ މީހުން 3.8 ކުން 1.4 އަކަށް ދަށްކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ލޮކްޑައުންގެ ހާލަތުގައި ލުއިތަކެއް ދިނުމަށް 14 ދުވަސް ދޭން ނިންމާފައިވާ ކަަމަށާއި އެ 14 ދުވަހުގެތެރޭގައި ސްކޫލްތައް ހުޅުވަން ނިންމާފައި ނުވާ ކަމަށެވެ.
ނަމަވެސް މި ހާލަތުގައި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް އޮންލައިންކޮށް ކިޔަވައިދިނުމުގެ ފުުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ.
ލޮކްޑައުން އުވާލާނީ ފިޔަވަހިތަކަކަކަށް ބަހާލައިގެން ކަމަށް އަމިން ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ދެ ހަފުތާގައި ގިނަ ކަންތައްތަކަކަށް ލުއި ދިނުމަށް ނިންމި ނަމަވެސް ސަރުކާރުގެ އޮފީސްތަކާއި، ސުކޫލަތައް ހުޅުވުމަށް ހަމަޖެހިފައި ނުވާ ކަމަށް އަމީން ވިދާޅުވިއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ހުރި މިސްކިތްތައްވެސް ހުޅުވަން ހަމަޖެހިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕާކްތަކާއި އެއްވެ އުޅޭ ތަންތަން ވެސް ހުޅުވާލަން ހަމަޖެހިފައި ނުވެއެވެ.
ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އެއްވެ އުޅުން ހުއްޓުވައި ސްކޫލަތަކާއި ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ވަނީ މިދިޔަ މާޗްމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ކުރިންވެސް ސްކޫލްތައް ހުޅުވާގޮތައް އޮތީ 14 ޖޫން ގަ. ދެން ތީގަ ތަފާތަކީ ކޮބަޔޯ؟