ނިއު ނޯމަލްގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދާން ޖެހޭނަމަ ކިއުބީ މެދުވެެރިކޮށް ނުވަތަ މީރާގެ އެޕްލިކޭޝަން މަދުވެރިކޮށް ނަންބަރު ނެގުމަށް ފަހު މީރާ އަށް ދިއުމަށް އެދިއްޖެއެވެ.

މިއަދު ދަރުބާރުގޭގައި މީރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ ލޮކްޑައުން ނިންމާ ނިއު ނޯމަލްގައި މީރާ ހުޅުވުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން ޓެކްސް ޕޭޔާ ސާވީސް ސެންޓަރު ހުޅުވުމަށް އެޗްޕީއޭން ކަނޑައަޅާފައި ވާ އުސޫލުތަކާ އެއްގޮތަށް ފިޒިކަލް ޑިސްޓެންސިން އާ އެކު އެ ސެންޓަރުން ހިދުމަތް ދިނުމަށް ދަނީ ތައްޔާރު ވަމުން ކަމަށާއި މީރާގެ ގިނަ ހިދުމަތް ތަކަކީ އޮންލައިން ކޮށް ލިބޭ ހިދުމަތްތަކެއް ކަމުން ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިން ކޮށް ހިދުމަތް ހޯދުމަށް އެދިފައި ވެއެވެ.

މީރާއިން އޮންލައިން ކޮށް ހިދުމަތްތަށް ހޯދުމަށް އެދިފައި ވާއިރު، މީގެ ކުރިން ވެސް މީރާއިން އައީ އޮންލައިން ކޮށާއި ހަފަތާއަކު ވަކި ދިވްސަތަކެއްގައި ހުޅުވައިގެންވެސް ހިދުމަތް ދެމުންނެވެ.

މީރާގެ އިތުރުން މިހާރުވެސް ސަރުކާރުގެ ގިނަ އޮފީސްތަކުން ދަނީ މި ލޮކްޑައުންގެ ހާލަތުގައި އޮންލައިންކޮށް ގިނަ ހިދުމަތްތަކެއް ދެމުންނެވެ.