ރާއްޖެއިން ބޭރަށް ދަތުރުކުރި މީހުންނަށް އެންސްޕާއިން އެހީތެރިކަން ފޮރުކޮށްދީފައި ވާއިރު، މިކަމަށް 1.14 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެންސްޕާގެ އެހީގައި ރާއްޖެއިން ބޭރަށް ގޮސްފައިވާ 35 ފަރާތަަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ގާތްގަނޑަކަށް 298،562.04 ރުފިޔާ އެކަމުގައި ހޭދަކޮށްފައި ވާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން އެންސްޕާގެ އެހީއާ ނުލާ އަމިއްލަ ގޮތުން ރާއްޖެއިން ބޭރަށް ދަތުރު ކޮށްފައިވާ 140 މިހަކަށްވެސް މިވަގުތު އެންސްޕާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިގޮތުން 845،123.94 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ރާއްޖެއިން ބޭރުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ރާއްޖެއަށް ގެނެސްފަ އެވެ. އަދި ކުރިއަށް އޮތްތާގައި ވެސް ފުރުސަތު ލިބުނު ވަރަކުން ދިވެހިން ގެނައުމުގެ މަސައްކަތް ކުރާނެކަން ފޮރިން މިނިސްޓްރީން ހާމަކުރެ އެވެ.