ކޮވިޑް-19 ރާއްޖޭގައި ފެތުރެމުން ދާތީ މުޅި ރާއްޖެ ލޮކްޑައުންގެ ހާލަަތަށް ގެނެސްފައިވާ މި ދަނޑިވަޅުގައި މާލޭގެ ސަރަހައްދުން 90 ފަރާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިވަގުތު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބީ 90 ފަރާތެއް ކަމަށެވެ. ހަމައެއާއެކު ކާބޯތަކެތީގެ ދަތިކަން އުޅޭތީ އެހީތެރިކަމަށް އެދިފައިވާ 380 ފަރާތަކަށް ކާބޯތަކެތީގެ އެހީތެރިކަންވެސް ޖެންޑާ މިނިސްޓްރީން ވަނީ ފޯރުކޮށްދީފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމާއި ކާބޯޓަކެތީގެ އެހީތެރިކަން ފޯރުކޮށްދެނީ ޖެންޑާ މިނިސްޓްރީއާއި އެހެނިހެން އެންޖީއޯތައް ގުޅިގެންނެވެ.
ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅާކީ ހުރިހާ ގައުމަކަށް ވެސް އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެކެވެ. ރާއްޖޭގައިވެސް މި ހާލަަތުަގއި ވަޒީފާ ގެއްލި މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ލީވަށް އެތައް މަސައްކަތްތެރިންނެއް ވަނީ ގޮސްފައެވެ. މި ދަނޑިވަޅުގައި އެންމެންނަށްވެސް ވަނީ މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
އެހެންކަމުން ސަރުކާރުން ވަނީ އިންކަމް ސަޕޯޓް އެލަވަންސް ތައާރަފްކޮށް ވަޒީފާ ގެއްލުނު ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ ގޮތުން 5000 ރުފިޔާގެ އެލްވަންސެއް ދޭން ފަށާފައެވެ.
މިހާލަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާ ކަަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން ހާލުގައި އުޅޭ އާއިލާތަކަށް ކާބޯތަކެތި އަދި ޒަޜޫރީ އެހެން ބޭނުންތަކަށް ބޭނުންވާ ސާމާނާ އެކު ކެއާ ޕެކޭޖްތައް ބައެއް ފަރާތަތަކުން ފޯރުކޮށްދެއެވެ. ހަަމައެއާއެކު ވަންނާނެ ތަނެއް ނެތް ފަރާތަތަކަށް ހިލޭ ބޯހިޔާވަހިކަންވެސް ބައެއް ފަރާތަތަކުން ދަނީ ފޯރުކޮށްދެމުންނެވެ.
90 މީހުންނަށް ސްކޫލްތަކުން ބޯހިޔާވަހިކަންދީފަ 300 މީހުނަށް ކާންދީފަ ސުނާމީގަ ސިފައިން ގެންގުޅުނު ޓެންޓުން ކޮރަންޓީން ފެސިލިޓޢެއް ހެދީތީ 1000 ހެއްހާ މިލިއަން ޚަރަދުވެއްޖެ. ކޯވިޑް ޖާދޫއަކަށްވެސް ވީތާ