ރާއްޖޭގައި 77 މީހަކު ކޮވިޑުން ރަނގަޅު ވެއްޖެއެވެ.
އިތުރު ބަޔަކު ކޮވިޑް-19 އިން ރަނގަޅު ވެފައި ވާއިރު، މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މިހާރު ރަނގަޅުވެފައި ވަނީ ޖުމްލަ 232 މީހެކެވެ. އެގޮތުން މިއަދު އެކަނި 46 މީހަކު މި ބަލިން ރަނގަޅު ވެފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މިއަދު މި ބަލިން ރަނގަޅުވީ، ބަންގްލަދޭޝް އަށް ނިސްބަތްވާ 30 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ 4 މީހަކާއި 10 ދިވެއްސަކާއި ނޭޕާލަށް ނިސްބަތްވާ މީހަކާއި ލަންކާއަށް ނިސްބަތްވާ މީހެއް ކަމަށެވެ.
މީގެ ތެރެއިން ގިނައިީ 18 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެގޮތުން އެ އުމުރު ފުރައިގެ 25 މީހަކު އުޅޭއިރު، 40 އަހަރާއި 65 އަހަރާއި ދެމެދުގެ 11 މީހަކު ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 1438 ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައި 1200 ކޭސް އެބަ އުޅެއެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 232 މީހަކު ރަނގަޅުވެފައިވާއިރު، މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 5 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 88 އަހަރުގެ ދިވެހި ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެކެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް މިމަހު 28 ވަނަ ދުވަހު ލޮކްޑައުންގެ މުއްދަތު ހަމަވުމާއެކު، ލޮކްޑައުން އަށް ލުޔެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.