ލިޔެކިޔުން ނެތް ބަންގްލަދޭޝްގެ އިތުރު ބަޔަކު ފޮނުވާލައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
މޯލްޑިވިއަނުން ބުނީ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށާއި އެ މީހުން ފޮނުވާލާފައި ވަނީ މިއަދު ކަމަށެވެ.
މިއަދު 200 މީހުން ފޮނުވާލާފައި ވާއިރު، މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ވަނީ ގަވައިދާ ހިލާފަށް އުލޭ ބިދޭސީންގެ ތެރެއިން ބަންގްލަދޭޝްއަށް ނިސްބަތްވާ 1000 މީހުން ފޮނުވާލައިފައެވެ.
ލިޔެކިޔުން ނެތް، މީހުންގެ ތެރެއިން ގައުމަށް އަނބުރާ ދާން ބޭނުންވި ބަންގްލަދޭޝް މީހުން އެ ގައުމަށް ފޮނުވާލުމަށް މިދިޔަ ހަފްތާގައިވެސް މަސައްކަތް ވަނީ ކޮށްފައެވެ. ނަމަވެސް އިންޑިއާއި ބަންގްލަދޭޝްއަށް ކުރިމަތިވި ބާރުގަދަ ތޫފާން އަމްފާންއާ ގުޅިގެން އެ ފްލައިޓް ކެންސަލްވެފައި އޮތުމަށް ފަހު މިހާރު ވަނީ ދަތުރުތަށް ފަށާފައެވެ.
އެގޮތުން 23 ވަނަ ދުވަހު 160 މީހުން ވަނީ އެ ގައުމަށް ފޮނުވާލައިފައެވެ. 22 ވަނަ ދުވަހު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި 352 މީހަކު އެ ގައުމަށް ފޮނުވާލައިފައެވެ. މިދިޔަ މަހުގެ 21 ވަނަ ދުވަހު މިލިޓަރީ އެއާ ކްރާފްޓުގައި ފޮނުވާލެވި ފައިވާ 68 މީހަކާއި މިމަހުގެ 16 ވަނަ ދުވަހު ބީމަން އެއާގައި ފޮނުވާލެވި ފައިވާ 353 މީހަކާއި 17 ވަނަ ދުވަހު މިލިޓަރީ އެއާ ކްރާފްޓެއްގައި ފޮނުވާލި 67 މީހެއްގެ އިތުރުން މިއަދު މޯލްޑިވިއަންގައި ފޮނުވާލި މީހުންނެވެ.
ޅިޔެކިއުން ނެއް ބިދޭސީން އެއީ ކުއްވެރީިން ތިމީހުންގެެ ގައުމައް ފޮނުވަންޖެހޭނީ އެމީހުން ބޭނުންވެގެނެއްނޫން