މެކްސިކޯގެ ޒުލަކަށް އުފަންވި ބޮޑު ބުޅާ އާއިލާއަށް ނިސްބަތްވާ ޕޫމާތަކަކަށް "ޕެންޑަމިކް" އާއި "ކަރަންޓީނު" ގެ ނަމުން ނަންދީފިއެވެ.

ޒޫލުގައި ޖަނަވާރު ބަލަހައްޓަން ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި، މި ކުދި ޕޫމާތައް ވިހާފައިވަނީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ލޮކްޑައުންއާއި ގުޅިގެން، ޒުލަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިންތިހާއަށް މަދުވުމުގެ ސަބަބުން، އުފެދުނު މާހައުލުގެ އުޖާލާ ކަމުންނެވެ.

މެކްސިކޯގައި އޮޕަރޭޓްކުރާ އެފްރިކާ ބައޯ ޒުލަށް އުފަންވި

މެކްސިކޯގައި އޮޕަރޭޓްކުރާ އެފްރިކާ ބައޯ ޒުލަށް މި ޕޫމާ ބުޅާތަށް އުފަންވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ހަމަ އެ ޒުލުގައި ވިހޭ ކުޑަ މިނިކާވަހަކަށް "ކޮވިޑް" ގެ ނަމުންވެސް ވަނީ ނަންދީފައެވެ.

މެކްސިކޯގައި އޮޕަރޭޓްކުރާ އެފްރިކާ ބައޯ ޒުލަށް އުފަންވި

"ޕެންޑަމިކް" އާއި "ކަރަންޓީނު" ގެ ނަމުން ނަންދީފައިވާ ޕޫމާތަކަކީ، ދުނިޔެއިން ނެތި ދިއުމުގެ ބިރު އިންތިހާއަށް ހީވެފައިވާ ޒާތުގެ ޕޫމާތަކެއްކަމަށް ޚަބަރު ލިބެއެވެ. މިއާއެކު މި 2 ޕޫމާވެސް ވެފައިވަނީ ޒުލުގެ ސުޕާސްޓާރުންނަށް ކަމަށް ޚަބަރު ލިބެއެވެ.

https://www.youtube.com/watch?v=mBVxqJmaFXw

ނަމަވެސް، ކުޅިވަރުގެ ގޮތުގައާއި މާލީ ފައިދާ ހޯދުމުގެ ކަންކަމުގައި މިފަދަ ޖަނަވާރު ބޭނުން ކުރުން މިހާރު އޮންނަނީ މަނާކޮށްފައެވެ.