މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި މާލޭގެ މަގުމަތީގައި ހުއްދަ ނެތި އުޅުނު 102 މީހަކަށް ފުލުހުން ފިޔަވަޅު އަޅާފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވު ނުށްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަަމުން މަބްރޫކް ވިދާލުވީ މާލެ ލޮކްޑައުންކޮށްފައިވާ ހާލަތުގައި ހުއްދަނެތި މަގުމަތީ އުޅެގެން 92 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ވިޔަފާރިކުރާ ފަރާތްތަކަށް 2800 ހުއްދަ އަދި ފިހާރައަށް ދިއުމަށް 3100 މީހަކަށް މިއަދު ހުއްދަ ދެވިފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ވޭތުވެ ދިޔަ 20 ދުވަހުގެ ރެކޯޑު:
- 24 މެއި - 234 މީހުން ޖޫރިމަނާކޮށް، 6 މީހުން ހައްޔަރު ކުރި
- 23 މެއި - 107 މީހުން ޖޫރިމަނާކޮށް، 4 މީހުން ހައްޔަރު ކުރި
- 22 މެއި - 115 މީހުން ޖޫރިމަނާކޮށް، 12 މީހުން ހައްޔަރު ކުރި
- 21 މެއި - 172 މީހުން ޖޫރިމަނާކޮށް، 11 މީހުން ހައްޔަރު ކުރި
- 20 މެއި - 146 މީހުން ޖޫރިމަނާކޮށް، 8 މީހުން ހައްޔަރު ކުރި
- 19 މެއި - 153 މީހުން ޖޫރިމަނާކޮށް، 10 މީހުން ހައްޔަރު ކުރި
- 18 މެއި - 111 މީހުން ޖޫރިމަނާކޮށް، 3 މީހުން ހައްޔަރު ކުރި
- 17 މެއި - 108 މީހުން ޖޫރިމަނާކޮށް، 4 މީހުން ހައްޔަރު ކުރި
- 16 މެއި - 93 މީހުން ޖޫރިމަނާކޮށް، 5 މީހުން ހައްޔަރު ކުރި
- 15 މެއި - 128 މީހުން ޖޫރިމަނާކޮށް، 9 މީހުން ހައްޔަރު ކުރި
- 14 މެއި - 68 މީހުން ޖޫރިމަނާކޮށް، 3 މީހުން ހައްޔަރު ކުރި
- 13 މެއި - 114 މީހުން ޖޫރިމަނާކޮށް، 10 މީހުން ހައްޔަރު ކުރި
- 12 މެއި - 151 މީހުން ޖޫރިމަނާކޮށް، 4 މީހުން ހައްޔަރު ކުރި
- 11 މެއި - 137 މީހުން ޖޫރިމަނާކޮށް، 6 މީހުން ހައްޔަރު ކުރި
- 10 މެއި - 157 މީހުން ޖޫރިމަނާކޮށް، 7 މީހުން ހައްޔަރު ކުރި
- 9 މެއި - 201 މީހުން ޖޫރިމަނާކޮށް، 9 މީހުން ހައްޔަރު ކުރި
- 8 މެއި - 220 މީހުން ޖޫރިމަނާކޮށް، 9 މީހުން ހައްޔަރު ކުރި
- 7 މެއި - 170 މީހުން ޖޫރިމަނާކޮށް، 9 މީހުން ހައްޔަރު ކުރި
- 6 މެއި - 177 މީހުން ޖޫރިމަނާކޮށް، 13 މީހުން ހައްޔަރު ކުރި
- 5 މެއި - 140 މީހުން ޖޫރިމަނާކޮށް، 3 މީހުން ހައްޔަރު ކުރި
ވޭތުވެ ދިޔަ 20 ދުވަހުގެ ރެކޯޑަށް ބަލާއިރު ލޮކްޑައުންގެ އަމުރާ ހިލާފަށް ހުއްދަ ނެތި މަގުމަތީ އުޅެގެން އެންމެ ގިނަ މީހުން ހައްޔަރު ކޮށްފައިވަނީ 13 މީހުން އެއީ މެއި މަހުގެ 6 ވަނަ ދުވަހެވެ. އަދި އެންމެ ގިނަ މީހުން ޖޫރިމަނާ ކޮށްފަިއވަނީ 234 މީހުން، އެއީ އިއްޔެއެވެ.
މިހާތަނަށް ލޮކްޑައުންގެ އަމުރާ ހިލާފްވެގެން ހުއްދަނެތި މަގުމަތީ އުޅުނު މީހުންގެތެރެއިން ހައްޔަރުކޮށްފައި ވަނީ ޖުމްލަ 292 މިހުންނެވެ.
ހާއްސަ ހުއްދައެއް ނަަގައިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. ސިއްހީ މާހިރުން ގޭގައި ތިބުމަށް ނަސޭހަތް ދެމުން އަންނަ އިރު ރާއްޖޭގައި މިހާރު މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 1395 އަށް އަރާފައެވެ.
އަދި ބަލިން ރައްކާތެރި ވުމުގެ ގޮތުން މާލެ ލޮކްޑައުންކޮށްފައިވާ މުއްދަތު ވަނީ މި މަހުގެ 28 އަށް އިތުރުކޮށްފައެވެ.