ކޮވިޑް-19 އާއި ގުލޯީގެން ރާއްޖޭގައި ގާއިމްކޮށްފައިވާ ކަރަންޓީން އަދި އައިސޮލޭޝަން މަރުކަޒުތަކުގައި މިހާތަނަށް ޖުމަލަ 2854 މީހުން އެބަ ތިބި ކަަމށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ޖުމްލަ 1178 މީހުން އަދި ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 1676 މީހުން އެބަ ތިބި ކަމަށެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭގައި ކަރަންޓީން ފެސިލިޓީގައި ތިބި މީހުންގެ ތެރެއިން 128 މީހަކު ވަނީ ދޫކޮށްލެވިފައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެމީހުންނަކީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ކޮވިޑަށް ހެދި ދެ ޓެސްޓުން ނެގެޓިވްވެފައިވާ މީހުންކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ކަރަންޓިން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން އިތުރު 60 މީހެއްގެ ސާމްޕަލް ނެގިފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއުމްކޮށްފައިވާ ފްލޫ ކްލިނިކް ތަކަށް ވޭތުވެދިޔަ 24 ގަޑިއިުރ ތެރޭގައި 115 މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 5 މިޙެއްގެ ގައިން ކޮވިޑްއަށް ތެސްޓު ކުރުމަށް ސާމްޕަލް ނެގިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް ރާއޛޭގައި ޖެހިފައިވާ މީހުންގެ ތެރެއިން މިއަދު 10 މީހަކު ރަނގަޅު ވި އިރު މިއަދު 24 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ އިއުލާން ކޮށްފައެވެ. މިއަދު ޕޮޒިޓިވް ވި މީހުންނާއެކު ޖުމްލަ އަދަދު 1395 އަށް އަރާފައެވެ.