މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބެންކޮކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވެ، ހާލު ސީރިއަސްވި ދިވެހި މީހާ މަރުވެއްޖެއެވެ.
އައްޑޫ ސިޓީ ހުޅުދޫ އަށް އުފަން އެމީހާ މަރުވީ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. އެ އެކްސިޑެންޓު ހިނގާފައި ވަނީ މަރުވި މީހާގެ އިތުރުން އިތުރު މީހަކާ އެކު އެއާޕޯޓުން ހޮޓަލަށް ދިޔަ މަގުމަތީގައި އެމީހުން ތިބި ކާރު ޑްރައިވަރު ނިދި ޖެހިގެންނެވެ. އަދި އެ ހާދިސާގައި އެ ކާރު ވަނީ ފުރޮޅާލައިފައެވެ.
ޑްރައިވަރުގެ އިތުރުން މަރުވި މީހާއާ އެކުގައި އިން މީހާ އަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ. މި އެކްސިޑެންޓުގައި އޭނާގެ ބޮލާއި ކަރަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން އެމީހާގެ ކަރު ބިންދައިގެން ގޮސް ވަނީ ޕެރެލައިޒް ވެފައެވެ.