ގަދަ ވަޔާއެކު އދ. މަހިބަދޫ މަސްޖިދުލް އިހްސާން މިސްކިތުގެ މުންނާރުގެ މަތީގައި އިންނަ ގުއްބު ވެއްޓިއްޖެއެވެ.

މުންނާރުގެ މަތީ ގުއްބަ ވެއްޓިފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާއިރު ރަސްމީ އިދާރާއެއްގެ ބަހެއް އަދި މިކަމާ ގުޅިގެން ލިބިފައެއް ނުވެއެވެ.

ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި ވެއްޓިގައި ވަނީ މިސްކިތު މުންނާރުގެ ދަގަނޑުބައެވެ. މުންނާރުގެ ބައި ވެއްޓި ޖެހުމުގެ ސަބަބުން މުންނާރުގެ ބައެއްވެސް ވަނީ ހަލާކުވެފައެވެ. އަދި ތާޅަފިލިތައްވެސް އޮތީ އެލިފައެވެ.

ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން އަންނައިރު "ބޭ އޮފް ބެންގާލު" ގައި އުފެދިފައިވާ ތޫފާން "އަމްޕަން"ގެ އަސަރުވެސް ނުސީދާގޮތެއްގައި ރާއްޖެއަށް ދަނީ ކުރަމުންނެވެ.

އެގޮތުން މިރޭ ވެރިރަށް މާލޭގައި ފެންބޮޑުވުމާއއެކު އުދައިގެން އަސަރު ކުރަމުންދާއިރު ބައެއް ރަށް ރަށުގައވެސް ފެންބޮޑުވެ ގެތަކަށް ފެންވަދެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ބޮޑެތި ގަސްތަށް ވެއްޓުމާއި ގޭގޭގެ ފުރާޅު އެއްލާލުންފަދަ ކަންތަށް ވަނީ މި ވއްސާރާގައި ކޮށް ގިނަ ތަކެއްޗަށް ގެއްލުންވެފައެވެ.