މިއަރުގެ ރޯދަމަސް ނިމުމާ ގާތްވެފައި ވާ އިރު ފިތުރު ޒަކާތަކީ ކޮންމެ މުސްލިމަކު ދައްކަން ޖެހޭ އެއްޗެކެވެ. ޒަކާތުގެ ގޮތުގައި 2 މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަ ކޮށްފައި ވާއިރު އަދިވެސް ޒާކާތް ނުދައްކާ މީހުން ތިބިކަން ވަނީ ފާހަގަ ކުރެވިފައެވެ.

ޒަކާތް ދެއްކުމަށް އޮތް މުއްދަތު އަދި ހަމަވެފައި ނުވާ އިރު ދިރާގުން ވަނީ ޒަކާތް ދައްކަން ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައެވެ.

ދިރާގު ޕޭ

ދިރާގުޕޭ މެދުވެރިކޮށް މިއަހަރުވެސް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައިއެވެ. އެގޮތުން، ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް މި ލިންކަން ފިތާލާށެވެ. އެއާއެކު އަންނަ ފޯމު ފުރިހަމަ ކުރުމުން ޒަކާތް ދެއްކޭނެއެވެ. ޒަކާތް ދެއްކުމުގެ ކުރިން ދިރާގު ޕޭ ވޮލެޓްގައި ނުވަތަ އެކައުންޓުގައި ފައިސާ ހުރިތޯ ބަލަން ވާނެއެވެ. ފަސޭހަކަމާއެކު ދިރާގު ޕޭ އަށް ކޭޝް އިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބޭންކް ޓްރާސްފާސް ބޭނުން ކުރެވޭނެއެވެ.

ދިރާގު ޕޭ ފޯމް

ދިރާގު ނައު އެޕް

ދިރާގުން އަލަށް ތަޢާރަފުކުރި "ނައުއެމްވީ" އެޕް މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެގޮތުން އެޕް ސްޓޯ އަދި ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކޮށްލެވޭ މި އެޕް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް، އެކަމަށް ކަނޑައަޅާފައިވާ ޓެބަށް ފިއްތާލުމަށް ފަހު، އޭގައި ހިމެނޭ ބައިތައް ފުރިހަމަ ކޮށްލާށެވެ. ނައު އެޕް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނީވެސް ދިރާގު ޕޭ ކަސްޓަމަރުންނަށެވެ. ނައު އެޕް މެދުވެރިކޮށް ޒަކާތުގެ އިތުރުން، ސޮދަގާތްވެސް ދެއްކޭނެއެވެ.

ދިރާގު ނައު އެޕް

ދިރާގު ޕްރީޕެއިޑް

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެހެން އަހަރުތަކެކޭ އެއްފަދައިން އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ވަނީ ދިރާގުން ފަހިކޮށްދީފައެވެ. އެސް.އެމް.އެސް. މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް ގުޅަން ޖެހެނީ *454*5# އަށެވެ.

ދިރާގު ޚިދުމަތްތައް މެދުވެރިކޮށް ޒަކާތް ބަލައިގަންނާނެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ނިޔަލަށެވެ.

ކޮވިޑް19 އާ ގުޅިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމުގެ ގޮތުން ދިރާގުން ދަނީ މާޗް މަހުން ފެށިގެން އިތުރު ޑޭޓާ އަދި ޑިސްކައުންޓް ދިރާގު މޯބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ފޯރުކޮށް ދެމުންނެވެ. އަދި މި ޑިސްކައުންޓްތަކާއި އިތުރު ޑޭޓާ މޭއި މަހުގެ ނިޔަލަށް ދޭން ވަނީ ނިންމާފައިއެވެ.

ދިރާގުން ދަނީ ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށް ދެވޭނެ ގޮތްތައް ބަލަމުންނެވެ.