ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވެގެން އިންޑިއާއިން އެއް ދުވަހާ ރެކޯޑް އަދަދަކަށް ކޭސް ރިޕޯޓްކޮށްފިއެވެ.

ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 4987 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އިންޑިއާގެ ސިއްހަތާ އާއިލީ ދުޅަހެޔޮކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މިއަދު ހެނދުނުގެ ނިޔަލަށް އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 90927 އަށް އަރާފައެވެ. އަދި މި ބަލީގައި މިހާތަނަށް 2872 މީހެއްގެ ފުރާޏަ ގެއްލިފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޚަބަރު ލިބޭ ގޮތުގައި އިންޑިއާގައި ކޮވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 30152 ޕޭޝަންޓުންނެވެ.

އަވަށްޓެރި އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 80000 އިން 90000 އަށް އަރާފައިވަނީ އެންމެ 2 ދުވަހުގެ ތެރޭގައެވެ. އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ، މި ބަލީގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރަން ފެށި ޗައިނާއިން ރިޕޯޓްކުރި ޖުމުލަ ކޭސްތަކަށްވުރެވެސް އިތުރުވެފައެވެ.