1 މަހުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވް ވެފައި ވަނީ ފިރިހެން ކުއްޖެއް ކަމަށާއި އެ ކުއްޖާ ޕޮޒިޓިވް ވެފައި ވަނީ އިއްޔެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ އެ ކުއްޖާ އަކީ ޕޮަޒިޓިވް ވި މީހަކާ ކޮންޓެކްޓް ވި ކުއްޖެއް ކަމަށާއި ފުރަތަމަ ޓެސްޓް ކުރީ އެ ކުއްޖާ އެކަނި ކަމަަށެވެ. އަދި އެހާ ހިސާބުން އެ ކުއްޖާ ޕޮޒިޓިވް ކަން އެނގުމުން މިހާރު އެ ކުއްޖާގެ މަންމަވެސް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ޑރ. ނަޒުލާ ރަފީގު މިރޭ ވަނީ ވިދާޅުވެފައެވެ.
މި ކުއްޖާ ޕޮޒިޓިވް ވީ މާލެއިން ކަމެއް ނުވަތަ މާލެ ސަރަހައްދުން ކަމެއް އޭނާ ހާމައެއް ނުކުރައްވައެެވެ.
1 މަހުގެ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވި އިރު ޓްރީޓޮޕްގައި ވިހޭ މާބަނޑު މީހާގެ މަސް ނުފުރޭ ދަރިފުޅުގެ ޓެސްތްގެ ނަތީޖާއެއް އަދި އެޗްޕީއޭއަކުން ހާމައެއް ނުކުރެއެވެ.
އިއްޔެ ޕޮޒިޓިވް ވި ކަމަށް މިއަދު އިއުލާން ކުރި ލިސްޓުގައި މި ކުއްޖާ ހިމެނެނީ ކޭސް ނަންބަރު 1041 ގެ ގޮތުގައެވެ.
އިތުރު 47 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެ ޖުމްލަ 1078 އަށް އަރާފައި ވާއިރު މިއަދު އިއުލާން ކުރި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަންގްލަދޭޝްގެ 22 މީހުންނާއި ނޭޕާލް 2 މީހަކާއި އިންޑިއާގެ 4 މީހުންނެވެ.