ކޮވިޑުން އިތުރު 8 މީހުން ރަނގަޅު ވެ ޖުމްލަ 40 އަށް އަރައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވި މީހުންގެ ތެރެއިން ރަނގަޅުވި 8 މީހުންނަކީ ހުސް ދިވެހިން ކަމަށެވެ.

އެހެންކަމުން މިހާތަނަށް ރާއްޖެއިން މިބަލިން 26 ދިވެހީންނާއި 14 ބިދޭސީންނާ އެކު ޖުމްލަ 40 މީހަކު ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

މި ބަލިން 40 މީހަކު މިހާތަނަށް ރަނގަޅުވި އިރު މިއަދު އެކަނިވެސް 51 މީހަކަށް ރާއްޖެއިން ވަނީ ކޮވިޑް ޖެހިފައެވެ. އެއާއިއެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 955 އަށް ވަނީ އަރާފައެވެ.

ރާއްޖޭގައި އެންމެ ގިނައިން ކޮވިޑް19 ޖެހިފައިވަނީ ބަންގްލަދޭޝް މީހުންނަށެވެ. މި ބަލި ޖެހިފައިވާ ބަންގްލަދޭޝް މީހުންގެ އަދަދު ވަނީ 506 އަށް އަރާފައެވެ. އަދި މިބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ 316 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެކެވެ.