މާލެ ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައި މާލޭގައި ތިބި އިތުރު 500 މީހުން ކަރަންޓީން ފެސިލިޓީއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫށްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ޝަރީފް ވިދާޅުވީ، 500 މީހުން އިތުރަށް ކަރަންޓީނު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން ކަމަށާއި އެކަމުގެ ލިސްޓު އެކުލަވާލަމުންދާ ކަމަށެވެ. އިތުރު ފެސިލިޓީތައް ހޯދައިގެން މާލޭގައި ތާށިވެފައިތިބި ރައްޔިތުން ކަރަންޓީނު ކުރުމަށް ފަހު ރަށްރަށަށް ފޮނުވުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ ކުރިން 333 ފަރާތެއް ކަރަންޓީން ކުރެވުނު ކަމަށާއި އޭގެތެރޭގައި ރިސޯޓް ކަރަންޓީނަށް 308 މީހަކު ގެންދެވިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެތެރެއިން ހުޅުމާލޭގެ ފެސިލިޓީއެއްގައި 17 މީހަކު ކަރަންޓީން ކުރެވުނު ކަމަށާއި އެއީ ސިއްހީ ހާލަތު ހުރި ގޮތުން މާލެއިން ދުރުގައި ރިސޯޓަކަށް ކަރަންޓީން ކުރަން ނިގެންދެވި ހުރި މީހުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކަރަނޓިނަށް ގެންދިޔަ މީހްނގެ ތެރެއިން 8 ފަރާތެއް ކަރަންތިން ފުރިހަމަ ކުރުމަށްފަހު ދޫކޮށްލެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީހުން ރަށްރަށަށް ފޮނުވުމުގައި އަމަލުކުރަމުންދަނީ އެކަމަށްޓަކައި އެކުލަވާލި މިންގަނޑުގެ ތެރެއިން ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން މާލެ އައި ތަނާއި ލޮކްޑައުންވި މީހުންނަށް އެންމެ އިސްކަންދޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. މީގެއިތުރުން ރިސޯޓްތަކުން އައިސް ތާށިވެފައި ތިބި މީހުންނަށް އިސްކަންދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މާލޭގައި ތާށިވެފައި ތިބި މީހުންނާއި ގުޅޭގޮތުން އެކިއެކި އެޖެންސީތަކުން ލިބިފައިވާ ލިސްޓު އެއްކުރުމުގެ މަސައްކަތް އެލްޖީއޭއިން ކުރަމުންދާ ކަމަށް އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވި އެވެ. އެގޮތުން 5000 އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ސިއްހީ ބޭނުމަށް މާލެ އައި 1400 އަށް ވުރެ ގިނަ މީހުންނާއި ރިސޯޓްތަކުން އައިސް މާލޭގައި ތާށިވި 363 މީހެއްގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެ މީހުންގެ މައުލޫމާތު ވެރިފައި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެކީއްވެ ހުރިހާ އެންމެން ބަހައްޓާނެ ތަން ސަރުކާރަށް ހަމަ ނުޖެހެންވީ؟ އެބަޔަކު ދާންބޭނުންވާ ރަށެއް ކައިރީގައި ހުންނަ ރިސޯރޓް ތަކުގައި ވެސް ބެހެއްޓޭނެ.... ހަމައެކަނި އިތުރު ކަމަކަށް ހަމަޖައްސަން ޖެހޭނީ އެތަނުގައި އެމީހުންނާއި އެކީގައި ހަވާލުވެގެން ހުންނާނެ މީހުން... ކާގޯ ފްލައިޓް ތައް އޮންނައިރު ގެންދާނެ ގޮތެއް ނެތޭވެސް ބުނި، ކަންތައް ކުރެވޭނީ ކުރަން އުޅެގެން..
ޖުލައިގައި އިގްތިސޯދު އަލުން ފެއްޓޭނެ ކަމަށް ޓޫރިސްޓުންނަށް ރާއްޖެ ހުޅުވައިލެވޭއިރު ފިރިމީހާ ހުރީ އޭނަގެ ރަށުގައި އަހަރެން މިހުރީ މާލޭގައި ތާށިވެފައި އޭނަ ކައިރިއަށް ދެވޭނެ ގޮތެއްނެތީމަ، މިނިސްޓަރުމެން ގޭގައި އާއިލާ ކައިރީގައި ހުރީމަ ނިމުނީދޯ؟ މިހާރުވެސް ބޭނުން ބަޔަކު ރަށްރަށަށް ފޮނުވަމުން ގެންދަނީ މީ ކޮންކަހަލަ އިންސާފެއް.... ރުފިޔާ ލިބޭނެ ގޮތެއް ވިއްޔާ ހެޔޮދޯ ކޮންމެ މީހަކަށް ދެރައެއް ދެވުނަސް... މީ ވަރެއްގެ ސަރުކާރެއް، އެކަމު ނަމުގައި ރައްޔިތުންގެ ކަންތައް ބަލާ! ފުރަތަމަވެސް ސަރުކާރުން އިހްމާލުވީ ދެންހަމަ އެއްކަމަކަށް ފަހު އަނެއް ކަމެއް ހަމަ ފޮރުވަމުން މަތި އޮމާން ކުރަމުން ދަނީ، ދެން ތިބުނަނީ ޕޮސިޓިވްވާ މީހުން ލަހުން ރަނގަޅުވާ ވާހަކަ: ފަހުން ގެންނަ މީހުންވެސް ހަމަ ކުރިން ތިބި މީހުން ތިބި ތަނަށް ލަންޔާ ކިހިނެއް އަވަހަށް ވަކި ރަނގަޅު ވަނީ..؟