ކަންމަތީފިހާރައަށް ގޮސް ރީލޯޑް ކޮށްލުމަކީ އަޅުގަނޑުމެންގެ ތެރޭގައި އާދަވެފައި އޮންނަ ގޮތެވެ. ނަމަވެސް ރާއްޖޭގައި މިހާރު ގާއިމު ކޮށްފައިވާ ލޮކްޑައުންގެ ހާލަތުގައި ގެ ކައިރި ކަންމަތީ ފިހާރައަށް ވެސް ދިޔުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެދެވިގެންވާ ކަމެއްވެސް ނޫނެވެ. މި ދުވަސްވަރަކީ ގޭގައި ތިބެގެން، ރައްކާތެރިކަމާއެކު ހުރިހާ ކަމެއްހެން އޮންލައިންކޮށް ކުރަން ޖެހިފައިވާ ދުވަސްވަރެކެވެ. މިއީ ޑިޖިޓަލް ވާންޖެހިފައިވާ ވަގުތެވެ.
އެހެނަކަމުން ދިރާގު ކަސްޓަމަރުންނަށް ރީލޯޑް ކުރުމަށް ކަންމަތީ ފިހާރައަށް ދާން ނުޖެހޭ ގޮތަށް ދިރާގުން ވަނީ ރީލޯޑް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.
ދިރާގުން ބުނީ، ދިރާގުގެ ހުރިހާ ހިދުމަތްތައް ބޭނުން ކުރުމަށާއި ލިބިގަތުމަށް ފަސޭހަ، ޑިޖިޓަލް ގޮތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވާ ކަމަށާއި އޭގެ ތެރޭގައި ދިރާގު މޮބައިލް ޕްރީޕެއިޑް ގޭގައި ތިބެގެން ފަސޭހަކަމާއެކު ރީލޯޑް ކޮށްލެވޭނެ ވަރަށް ގިނަ ގޮތްތައް ހަމަޖައްސާފަިއވާ ކަމަށެވެ. އެގޮތުން ރީޅޯޑް ކުރުމަށް ދިރާގު މޯބައިލް އެޕލްިކޭޝަންއާއި ދިރާގު ވެބް ސައިޓު އަދި ދިރާގު ޕޭ މެދުވެރިކޮށް މިހާރު ރީޅޯޑް ކުރެވޭނެއެވެ.
ދިރާގު މޮބައިލް އެޕްލިކޭޝަން
- ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި “Easy TopUp” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު “Continue and Pay” އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާވެސް “Continue and Pay” އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ.
- ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް އަދި އެމް. އައި. ބީ. ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެއެވެ.
- ދިރާގު މޮބައިލް އެޕް މެދުވެރިކޯށް ރީލޯޑްކުރާނެގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް
ދިރާގު ވެބްސައިޓް
- ދިރާގު ވެބްސްއިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓަށް ވަނުމަށްފަހު ސްކްރީންގެ ކަނާތްފަރާތުގެ އެންމެ މަތީ ކަނުގައި އިންނަ “Easy TopUp” އަށް ފިތާލާށެވެ. އެއަށްފަހު ރީލޯޑްކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Continue” އަށް ފިތާލާށެވެ. ދެން، ފައިސާ ދައްކަންބޭނުންވާ ގޮތް ޚިޔާރުކުރުމަށްފަހު “Continue” އަށް ފިތާލާށެވެ.
- ދިރާގު ޕޭ ނުވަތަ ބީ. އެމް. އެލް އަދި އެމް. އައި. ބީ. ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާދެއްކޭނެއެވެ.
- ދިރާގު ވެބްސައިޓް މެދުވެރިކޮށް ރީލޯޑްކުރާނެގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް
ދިރާގު ޕޭ
- ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގުޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށްފަހު “Reload my mobile” ނުވަތަ “Reload Another” އަށް ފިތާލާށެވެ. އެއަށްފަހު ނަންބަރު އަދި އަދަދު ޖެހުމަށްފަހު “Validate” އަށް ފިތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް “Proceed” އަށް ފިއްތާލުމުން ރީލޯޑް ކޮށް ނިމުނީއެވެ.
- ދިރާގު ޕޭ މެދުވެރިކޮށް ކުރާ ކޮންމެ ރީލޯޑަކަށް 20% އިތުރު ކްރެޑިޓް ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 30 ޖޫން 2020 ގެ ނިޔަލަށެވެ.
- ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ކޭޝްއިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ކުރެވޭނެއެވެ.
ދިރާގުން ބުނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށް އެދޭ ކަމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޮށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށް ކަމަށް އެ ފަރާތުން ބުނެއެވެ.