ކ. ވިލިވަރުގައި އެނދު އިތުރުކުރުމަށް ހަދަމުންދާ އާ ފެސިލިޓީގެ މަސައްކަތް ނިމި އަންނަ އާދިއްތަ ދުވަހު ވިލިވަރަށް މީހުން ގެންދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ދަތުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލީ ވާހީދު ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ވިލިވަރު ފެސިލީޓިގެ މަސައްކަތް ނިންމުމަށް ފަހު އެތަނަށް މީހުން ގެނދިއުމުގެ ކަަންކަން ފެށޭނެ ކަމަށެވެ. އަދި އަންނަ ހޮނިހިރު ދުވަހު ބަލި މީހުން ގެނދިއުމުގެ ކުރިން ނޫސްވެރިންނަށް އެތަން ދައްކާލުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޛޭގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުން ދާތީ އެކަމަށް ފަރުވާ ދިނުަމށް ވަނީ ގިނަ ކަނަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކެއް ގާއިމްކޮށްފައެވެ. އެގޮތުން އެފަދަ ފެސިލިޓީއެއްގެ ގޮތުގައި ތައްޔާރުކުރި ވިލިވަރުގައި ދެ ވަނަ ފިޔަވަހި މަސައްކަތް ފަށާ އެތަނުގައި 100 އަށް ވުރެ ގިނަ އެނދު ބަހައްޓާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާލުވެފައި ވަނީ މިދިޔަ މާޗްމަހުގެ 14 ވަނަ ދުވަހުއެވެ.
މާލެއާ މާ ދުރުނޫން (30 މިނެޓް) ހިސާބެއްގައި ކުރިން ވެސް ރިސޯޓެއްގެ ގޮތުގައި ހިންގި ވިލިވަރުގައި ގާއިމް ކުރި ކޮވިޑް-19 އިގެ އައިސޮލޭޝަން ފެސިލީޓީގައި 30 ކޮޓަރި ހުރެއެވެ. އޭގެ ގެތެރެއިން 28 ކޮޓަރިއަކީ ސިންގަލް ރޫމެވެ. ދެން ހިމެނެނީ ޑަބަލް ރޫމްގެ ދެ ކޮޓަރިއެވެ.