ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި ލޮކްޑައުން ހަރުކަށި ކުރަން ނިންމާފައިވާ ކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކައަކި ދޮގު ވާހަކައެއް ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން މަބްރޫކް ވިދާޅުވީ، މާލެ ލޮކްޑައުން ހަރުކަށި ކުރުމާއި ގުޅޭގޮތުން ދައުރުވަމުންދާ ވައިބާ މެސެޖްތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

މާލޭގެ ލޮކްޑައުން އިތުރަށް ހަރުކަށިކޮށް، ގެއިން ނުނިކުމެވޭގޮތަށް ހަދާ، ޑެލިވަރީ ހުއްޓާލާ އަދި ހުރިހާ ފިހާރައެއް ބަންދުކުރުމަށް ނިންމާފައިވާކަމަށް ލިޔެ މެސެޖެއް ދައުރުވަމުންދާ ކަމަށް މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި މިއީ އެއްވެސް ހަގީތަތެއް އޮތް ވާހަކައެއް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މާލޭގައި ކޮވިޑް ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އައްޑޫ ސިޓީއިން ކޮވިޑަށް މީހަކު ޕޮޒިޓިވް ވުމުން މުޅި އައްޑޫ ސިޓީވެސް ވަނީ މިއަދު ފުލް ލޮކްޑައުންއަަކަށް ގެންގޮސްފައެވެ.

ލޮކްޑައުންގެ ހާލަަތުަގއި ހުރިހާ ރައްޔިތުން ގޭގައި ތިބެން ޖެހިފައި ވީ ނަމަވެސް ނުކުންނަން ޖެހޭ ފަދަ ހާލަތެއް ދިމާވުމުން ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯީދައިގެން ގެއިން ނުކުމެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ގޭގައި ތިބެން ޖެހޭ މި ދަނޑިވަޅުގައި ޒަރޫރީ ބޭނުންތަަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ފިހާރަތަކުން ގޭގެއަށް ތަކެތި ދަނީ ޑެލިވަރީކޮށްދެމުންނެވެ.