މާލެއިން ކޮވިޑް19 ފެނުމާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ދަނޑިވަޅު ފުލުހުން ދޫކުރާ ހުއްދަ ނެތި މަގުމައްޗަށް ނިކުމެ އުޅުނު 9 މީހަކު ހައްޔަރުކޮށްފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ލޮކްޑައުން ވަޔަލޭޝަންއާ ހިލާފުވެގެން 9 މީހަކު ހައްޔަރުކުރީ ފުލުހުން ދޫކުރާ އެއްވެސް ފާހަކާއި ނުލާ މަގުމަތީގައި އުޅުމުން ކަމަށެވެ. މިހާތަނަށް ލޮކްޑައުންއާ ހިލާފުވެގެން 104 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ފުލުހުންނާއި ހަވާލާދީ މަބްރޫކް ވިދާޅުވިއެވެ.

މާލޭގައި ޑެލިވަރީ ކުރުމުގެ 17،000 ހުއްދައެއް ދީފައިވާ ކަމަށެވެ. މީގެ އިތުރުން ޒަރޫރީ ބޭނުން ތަކަށް ފިހާރަ ތަކަށް ދިއުމަށް 28.000 ހުއްދައެއް ދޫކޮށްފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މާލޭގައި ޑެލިވަރީ ކުރުމުގެ 17،000 ހުއްދައެއް ދީފައިވާ ކަމަށެވެ. މީގެއިތުރުން ޒަރޫރީ ބޭނުންތަކަށް ފިހާރަތަކަށް ދިއުމަށް 28.000 ހުއްދައެއް ދޫކޮށްފައިވާ ކަމަށް ފުލުހުންނާއި ހަވާލާދީ މަބްރޫކް ވިދާޅުވިއެވެ.

މާލެއިން ކޮވިޑް19 މިދިޔަ މަހުގެ 15ވަނަ ދުވަހު ފެނުމާއި އެކު މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި ޒަރޫރީ ބޭނުންތަކަށް ފިހާރައަށް ނުވަތަ ބޭރަށް ނިކުމެވޭނީ ފުލުހުން ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެއާއި ހިލާފަށް އަމަލު ކުރާ ފަރާތްތަކާއި މެދު ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.