ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން 10 މޮބައިލް ގެ ހަދަން ބޭނުންވާ ސާމާނު ޗައިނާއިން ހަދިޔާކޮށްފިއެވެ.
ޗައިނާގެ ސަފީރު ޖޭންގް ލީ ޖޮންގް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 10 ގެ ހަދަން ބޭނުންވާ ބޭނުންވާ ސާމާނުތަކުގެ ތެރެއިން "ޕްލޭންކް" ނުވަތަ ލަކުޑީގެ ތަކެތި ޗައިނާގެ ސީސީސީސީ ކުންފުނިން ހަދިޔާކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ސަރުކާރުގެ އިދާރާތަކުން އެދުމުގެ މަތިން ހޮސްޕިޓަލްތަކުގައި ބޭނުންކުރާ 101 ސެޓް އެނދުވެސް މިހާރު ހަދައިދީފައިވާ ކަމަށް އޭނާ ވިދާޅުވެއެެވެ.
ރާއްޖޭގައި އުޅޭ ބިދޭސީން ބޭއިތިއްބުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ކަރަންޓީނު ފެސިލިޓީއަށް ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުންނާއި މަސައްކަތް ކުރުމަށް ބޭނުންވާނެ ސާމާނުވެސް ޗައިނާއިން ވަނީ ދީފައެވެ.
މީގެ އިތުރުން 800 މީހުންގެ ޖާގައިގެ ކަރަންޓީނު ފެސިލިޓީގެ 68 ޕަސެންޓް ނިމިފައިވާއިރު މިމަހު 18 ހިސާބުގައި އެތަން ނިމޭނެކަމަށް ވަނީ ބުނެފައެވެ. ޗައިނާއިން މީގެ ކުރިން ރާއްޖެއަށް ވަނީ 10 ވެންޓިލޭޓަރާއި 30،000 ސާޖިކަލް މާސްކާއި އިމަޖެންސީ ސާމާނު ވެސް ހަދިޔާކޮށްފައެވެ.
ކުބާ އަންނި ؟ އަވަހައް އިންޑިއާގެ ގެރި މޯދީއައް ޝުކުރު އަދާކުރޭ ކުބާ ބައިތުލްމާލު މުށުތެރެއައް ލައިގެންއުޅޭމީހުން ؟ މިތަކެއްޗާ ތަންތަން ހެދުމުގެ ޚަރަދައް ވެސް ތިން ހަތަރު ސަތޭކަ މިލިއަން ރުފިޔާޖަހާފަ ލިޔެކިޔުންތައް ހަދަންފައްޓާ ޖަޒީރާ ރާއްޖޭގެ ވެރިމީހާ އައްވެސް ބައެއް އަޅާތި އޭރުން ކަލޭމެން ސަލާމަތްވާނީ ކޮވިޑުން ސަލާމަތްވާން ބައިތުލްމާލު ދަވާލުމުގަ ގޮއްރީންދޫ މެން ހޭކަޑާލާފަ ނިކަމެތިން އަސާސީ ބޭނުން ވެސް ފުއްދޭނެ ގޮތެއްނެތިފަ މިއޮތީ ދިވެހިންގެނައި އޯގާތެރި ސަރުކާރު ދެންފަހަރަކުން ޑަބަލް ސުޕަރ މެޖޯރިޓީ ދޭތި ބޯގަމާރުން !!!