ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައި ވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފު ވެފައިވާ 140 ފަރާތަަކށް ފުލުހުން ފިޔަވަޅު އަޅައިފިއެވެ.

ފުލުހުން ބުނީ، އިއްޔެ ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 4 މީހަކު ހައްޔަރަު ކޮށް 136 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ހައްޔަރު ކޮށްފައި ވާ 4 މީހުންނަކީ މާލެއިން ހައްޔަރު ކޮށްފައި ވާ މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އިއްޔެ ޖޫރިމަނާ ކުރި 136 މީހުންގެ ތެރެއިން މާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 122 މީހުންނެވެ. ހުޅުމާލެއިން ޖޫރިމަނާ ކޮށްފައި ވަނީ 11 މީހުން އަދި ވިމާލެއިން 3 މީހުން ކަމަށް ފުލުހުން ބުނެއެވެ.

މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ. އެ ދުވަހުން ފެށިގެން ލޮކްޑައުންގެ ހާލަތުގައި މަގުމަތީ އުޅެގެން ހައްޔަރުކޮށްފައި ވަނީ 137 މީހުންނެވެ. އެއީ މާލެއިން 129 މީހުންނާއި ހުޅުމާލެއިން 8 މީހުންނެވެ.

ހަމައެފަދައިން ޖޫރިމަނާ ކޮށްފަިއ ވާ ޖުމްލަ މީހުންގެ އަދަދަކީ 2312 އެވެ. އެއީ މާލެއިން 1965 މީހުންނާއި، ހުޅުމާލެއިން 290 މީހުންނާއި، ވިލިމާލެއިން 57 މީހުންނެވެ.