ދިރާގުން ރަމަޟާން މަހާ ގުޅިގެން ހާއްސަ އޮފާ ތަކެއް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ، މިއަހަރުގެ ރަމަޟާން މަސް މުސްލިމް އުންމަތާ ކުރިމަތލާން ޖެހުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށް ވުމާއެކު، އާއިލާއާ ރައްޓެހިންގެ ހާލުބަލާ، ގުޅުންބަދަހި ކުރަން ޖެހިފައިމިވަނީ އިންޓަނެޓްގެ ޒަރިއްޔާއިން ސޯޝަލް މީޑިއާ ނުވަތަ މީސް މީޑިއާ މެދުވެރިކޮށް ކަމަށެވެ. އަދި މި ފަދަ ދަތި އުނދަގޫ ދުވަސްވަރެއްގައި ދިރާގުން ގިން އޮފާތަކެއް ތައާރަފްކޮށްފައި ވަނީ، ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.

ދިރާގު މޯބައިލް ޕޯސްޓްޕެއިޑް

ދިރިއުޅުމަށް މި ގެންނަން ޖެހިފައިވާ ބަދަލުތަކުގެ ސަބަބުން، ކުރިއަށް ވުރެވެސް ބޮޑަށް ސޯޝަލްމީޑިއާގެ ބޭނުން ވަނީ އިތުރު ވެފައިއެވެ. އެގޮތުން، ދިރާގު މޯބައިލް ޕޯސްޕެއިޑް ހުރިހާ ކަސްޓަމަރުންށް އިތުރު ސޯޝަލް މީޑިއާ ޑޭޓާ ލިބިގެންދާ ޕްރޮމޯޝަންގެ މުއްދަތުވަނީ މެއި މަހުގެ ނިޔަލަށް އިތުރު ކުރުމަށް ދިރާގުން ވަނީ ނިންމާފައިއެވެ.

ދިރާގުން ރޯދަމަހަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި

މިހާރު ކުރިއަށް މިދާ ޕްރޮމޯޝަންގައި އިތުރު 10 ޖީބީ އާ ހަމަޔަށް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން، ދިރާގު ޕޯސްޑްޕެއިށް 350، 550 އަދި 750 ގެންގުޅޭ ކަސްޓަމަރުންނަށް އިތުރު 2ޖީބީ ލިބިގެން ދާއިރު، ޕޯސްޑްޕެއިޑް 1000 އަށް އިތުރު 5ޖީބީ އަދި ޕޯސްޑްޕެއިޑް 1700 އަށް 10 އިތުރު 10 ޖީބީގެ ސޯޝަލް މީޑިއާ ޑޭޓާ ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގު މޮބައިލް ޕްރީޕެއިޑް

މި ރަމަޟާންމަހު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ޑޭޓާ ބޭނުންކުރުމުގައި އިތުރު ލުއފަސޭހައެއް ފޯރުކޮށްދިނުމުގެ ގޮތުން، އެންމެ 75 ރުފިޔާއަށް 3ޖީބީގެ ޑޭޓާ ލިބިގެންދާ ޑޭޓާ ޕެކެއް ދިރާގުން ވަނީ ތަޢާރަފުކޮށްފައިއެވެ.

ދިރާގުން މިފަހަރު ތައާރަފްކުރީ 75 ރުފިޔާއަށް 3 ޖީބީ ލިބޭ ޑޭޓާ ޕެކެއް

މި ޑޭޓާގެ މުއްދަތަކީ އެކްޓިވޭޓް ކުރާ ވަގުތުން ފެށިގެން 7 ދުވަސް ވަންދެނެވެ. މިގޮތުން، ކަސްޓަމަރުންނަށް މި ޑޭޓާ ބޭނުންކުރުމަށް އިތުރު ލުއި އަދި ފަސޭހަކަން ލިބިގެންދާނެ ކަމަށާއި، މި އޮފާ ކުރިއަށް ދާނީ މެއި މަހުގެ ނިޔަލަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގު ޕޭ މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން

ދިރާގުން ބުނީ، މާލެ ސިޓީ ލޮކްޑައުން ހާލުތުގައި ވުމުގެ ސަބަބުން ޕިތުރު ޒަކާތް ދެއްކުމަށް ޑިޖިޓަލް ވަސީލަތްތައް ވަނީ ކުރިއަށްވުރެ ބޮޑަށް މުހިންމުވެފައި ކަމަށެވެ. އަދި އެހެން އަހަރު ތަކޭ އެއްފަދައިން މިއަހަރުވެސް ދިރާގު ހުރިހާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިރާގު ޕޭ ގެ ހިދުމަތް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ރޯދަމަހަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި

ފިތުރު ޒަކާތް ދެއްކުމަށް: https://www.dhiraagu.com.mv/ocs/service_zakath.aspx

މީގެ އިތުރުން، ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެހެން އަހަރުތަކެކޭ އެއްފަދައިން އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ވަނީ ދިރާގުން ފަހިކޮށްދީފައިއެވެ. އެސްއެމްއެސް މެދުވެރިކޯށް ފިތުރު ޒަކާތް ދެއްކުމަށް ގުޅަން ޖެހެނީ *454*5# އަށެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ އުންމީދަކީ ދިރާގު ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކުން ކަސްޓަމަރުންގެ ދިރިއުޅުމަށް ފާގަތިކަން ގެނެސްދިނުން ކަމަށެވެ.