ރާއްޖެއިން އިތުރު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 226 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މި 6 ކޭސްގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް ރައްޔިތަކާއި، 5 ދިވެހިން ކަމަށެވެ. އެޗްޕީއޭން މިހެން ބުނެފައިވާއިރު، މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 12 އަށް އަރާފައެވެ.

ރާއްޖޭގެ ކޮވިޑް-19 ހާލަތަށް ބަލާއިރު، ޖުމްލަ 226 މީހުން ޕޮޒިޓިވްވެފައިވާއިރު، މިމަހު 15 ވަނަ ދުވަހުން މާލެ ސަރަހައްދުގައި މި ބަލި ގަދައަށް ފެތުރެން ފެށުމާއެކު، މިހާތަނަށް 206 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި އޭގެ ކުރިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނާއި އެހެން ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނެސް ކަަރަންޓީނު ކުރުމުގެ ތެރޭގައި 20 ޕޮޒިޓިވް މީހަކު ފެނިފައި ވާއިރު، އޭގެ ތެރެއިން 17 މީހަކު ބަލިން ރަނގަޅުވެ، 2 މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.

ރާއްޖޭގައި މިހާރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 207 ކޭސްއެވެ. އެއީ ކޮމިއުނިޓީ ސްޕްރެޑުން ޕޮޒިޓިވްވި 206 މީހުންގެ އިތުރުން ފިލިޕީންގައި ހުރެފައި، ރާއްޖެއައި ދިވެއްސެކެވެ.