ދިރާގުން އެކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 75 ރުފިޔާ އަށް 3 ޖީބީގެ ޑޭޓާ ލިބޭ ވެލިއު ޕެކެއް ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ، މި ޕެކޭޖަކީ ކޮވިޑް-19 ފެތުރެމުން މިދާ ދުވަސްވަރު ކަސްޓަމަރުންނަށް ލުޔެއް ހޯދައިދިނުމަށްޓަކައި ތައާރަފުކުރި ޕެކޭޖެއް ކަމަށެވެ.
އެ ކުންފުނިން ބުނީ، ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް މި ޕެކޭޖު އެކްޓިވޭޓު ކުރެވޭއިރު، މިއީ މި ޕެކޭޖު ދެމިގެންދާނީ ހަތް ދުވަހުގެ މުއްދަތަކަށްކަމަށެވެ. އަދި މި އޮފާ ކުރިއަށްގެންދިއުމަށް ރާވާފައިވަނީ އަންނަ މޭ މަހުގެ ނިޔަލަށް ކަމަށް ވެސް ދިރާގުން ބުނެއެވެ.
މި ދުވަސްވަރު ޑޭޓާ ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ބަލައި ދިރާގުން ވަނީ މީގެ ކުރިން ވެސް ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ފަހިކޮށްދީފައެވެ. އެގޮތުން މި މަހާއި އަންނަ މެއި މަހު ޕްރީޕެއިޑް ކަސްޓަމަރުން ގަންނަ ޑޭޓާ ބަންޑަލްތަކުން 50 ޕަސެންޓް އިތުރަށް ޑޭޓާ ދިނުމަށް ނިންމާފައިވާއިރު، ދިރާގުގެ ހޯމް ބްރޯޑްބޭންޑް އެޑްއޮންތަކުން މި މަހުގެ ނިޔަލަށް 50 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް އެކުންފުނިން ދަނީ ދެމުންނެވެ.
މީގެ އިތުރުން ދިރާގުން ބުނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި ރޯދަ މަހުގެ އާންމު އާދަކާދަތައް ދޫކޮށް، އާންމުން ގޭގައި މަޑުކޮށްގެން ތިބޭ ތިބުމުގައި ޑިޖިޓަލް ކަނެކްޓިވިޓީގެ ހިދުމަތްތަކަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ މަސްތަކުގައި ޑޭޓާ ބޭނުންކުރި މިންވަރު، ކުރިން ނުދާހާ މައްޗަށް ގޮސްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
މި ދަނޑިވަޅުގަ ލުއި ފަސޭހަ ކޮދިނުމުގެ ނަމުގަ ރައްޔިތުން ރީތި ގޮތުގަ ފެލަންވެގެން. މުޅިން އާ ވާހަކަ އެއް ފެށީ ދޯ! ބޮޑުވަރު ތީ.