އެސްޓީއޯއިން އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް ބޭސް ސިޓީއަށް ބޭސް ގަނެވޭ ގޮތް ހަމަޖައްސައިފިއެވެ.

އެސްޓީއޯއިން ބުނީ އެކުންފުނީގެ ވެބްސައިޓުގައި މިކަމަށް ހާއްސަ އެޕްލިކޭޝަން ފޯމު ފުރާލުމުން ބޭސް ގަނެވޭނެ ކަމަށެވެ. އެގޮތަށް ބޭސް ވިއްކާ އުސޫލު ފޯމާއެކު އެސްޓީއޯ ވެބްސައިޓުގައި ވަނީ ހިމަނާފައެވެ.

ބޭހުގެ އިތުރުން އެސްޓީއޯ ސުޕަމާޓުން ވިއްކާ މުދާ އެކުންފުނީގެ ވެބްސައިޓުން ގަނެވޭނެ ގޮތް ވެސް އެކުންފުނިން ވަނީ ހަމަޖައްސައިދީފައެވެ. ނަމަވެސް ގިނަ އަދަދެއްގެ އޯޑަރުތައް ޕެންޑިންގައި ހުރުމާ އެކު އެ އޯޑަރުތަކުގެ ޑެލިވަރީ ނިމެންދެން ބައެއް ވަގުތުތަކުގައި އޮންލައިންކޮށް އޯޑަރު ނެގުން މެދުކަނޑާލައެވެ.

ވައިބާއިން މިހާތަނަށް އޯޑަރު ދެއްވި ފަރާތްތައް މިފޯމް އަލުން ފޮނުވާކަށް ނުޖެހޭނެ. ފުލުހުން ދޭ ހުއްދަ އޮތް ބޭފުޅުންނަން އޯޑާ ރެޑީވުމުން ބަލާ އާދެވޭނެ.
އެސްޓީއޯ

ލޮކްޑައުން ކުރުމާ ގުޅިގެން މީގެ ކުރިން އެސްޓީއޯއިން ވަނީ 7922035 ނަންބަރަށް ބޭސްސިޓީއާއި އެހެނިހެން މައުލޫމާތު ވައިބާ ކުރުމުން ބޭސް ޑެލިވަރީ ވެސް ކޮށްދީފައެވެ.